ކުޑަކުދިންނަށް އުރީދޫ އިން ކުރެހުމުގެ މުބާރާތެއް .

img_md_202009210656341600696594.5264.jpg

އުމުރުން 5 އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް ހާއްސަކޮށްގެން “މޫލީ އާޓް ކޮންޓެސްޓު” ގެ ނަމުގައި އުރީދޫ މޯލްޑިވްސް އިން ކުރެހުމުގެ މުބާރާތެއް ފަށައިފި އެވެ.

ފޭސްބުކާއި އިންސްޓަގްރާމްގައި މި މަހުގެ 30ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މި މުބާރާތުގައި  ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފަ އެވެ.

މި މުބާރާތުގައި ކުދިން ކުރަހަން ޖެހޭނީ އެ ކުއްޖެއްގެ ހިޔާލުގައި މޫލީ ހުންނާނެ ގޮތަށް ކަމަށާއި އަދި އެ ކުރެހުން ކުރެހުމަށްފަހު އޭގެ ފޮޓޯއެއް ފޭސްބުކް އެކައުންތް ނުވަތަ އިންސްޓަގްރާމްގައި ޕޯސްޓު ކުރުމަށް އުރީދޫން ބުނެއެވެ. ޕޯސްޓް ކުރާއިރު ހޭޝްޓެގް “މައިމޫލީ” މިހެން ޖެހުމަށް އުރީދޫން ބުނެއެވެ. އެ ޕޯސޓްގައި މޫލީ.އެމްވީ ޓެގް ކުރުމަށާއި އެ ޕޯސްޓް ޕަބްލިކް ޕޯސްޓެއްގެ ގޮތުގައި ޕޯސްޓް ކުރުމަށްވެސް އުރީދޫން ބުނެއެވެ.

ކުދިންގެ ކުރެހުން ފޭސްބުކް އަދި އިންސްޓަގްރާމްގައި ޝާއިއު ކުރާނީ އެކުއްޖެގެ ބެލެނިވެރިއާގެ އެކައުންޓުންނެެވެ.

ސޯޝަލް މީޑިއާގައި ހިއްސާ ކުރާ ޕޯސްޓުތަކުގެ ތެރެއިން އެއްވަނަ އަށް ދާ ކުރެހުމަކަށް އެމެޒޯން ފަޔާ ސްޓިކް އާއި އާޓު ކިޓުގެ އިތުރުން ސަޕްރައިޒް ގިފްޓެއް ލިބޭނެ އެވެ. ދެވަނަ އަށް ސަން ބަމް ހެއާ ކެއާ ސެޓަކާއި ކުރަހާ ފޮތެއް އަދި ކުރަހާ ފަންސުރު ފޮއްޓެއް ލިބޭއިރު ތިންވަނަ އިނާމަކީ ސަން ކެއާ ސެޓަކާއި ކުރަހާ ފޮތަާއި ފަންސުރު ފޮއްޓެކެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top