ކައުންސިލް ތަކުން ލައިސަންސް ފީ ބަލައިގަންނަން ފަށަނީ

Ameen-Transport-1140x570-1.jpeg

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން

ރަށްރަށުގެ ކައުންސިލުތައް މެދުވެރިކޮށް ނެގޭ ލައިސަންސްތަކަށް ދައްކަން ޖެހޭ ފީ އަންނަ މަހުން ފެށިގެން ސީދާ ކައުންސިލު ތަކުން ބަލައިގަންނަ ގޮތަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިކަން ސަރުކާރުން އިއުލާންކުރީ މ. އަތޮޅާއި މާލެއާ ދެމެދު ސްޕީޑް ފެރީގެ ޚިދުމަތް ފެށުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނެވެ.

މިނިސްޓަރު ވިދާޅުވީ ކައުންސިލުތަކުން ލައިސަންސް ނެގުމުގެ ޚިދުމަތް ދިނަސް، މިހާތަނަށް ވެސް ލައިސަންސް ފީބަލައިގަންނަމުން އައީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޕޯޓަލަކުން ކަމަށެވެ.

ކައުންސިލުތަކަށް ލިބެން ޖެހޭ ފައިސާ ނުލިބޭ ނަމަ، އޭގައި ގިނަ ދަތިތަކެއް ވެސް ހުންނާނެ ކަމަށް ވިދާޅުވެ، އެކަމަށްލުޔެއް ދިނުމުގެ ގޮތުން މިހާރުނިންމާފައި ވަނީ ސީދާ ކައުންސިލުތަކުން ލައިސެންސް ފީ ބަލައިގަންނަ ގޮތަށް ހެދުމަށްކަމަށް އަމީން ވިދާޅުވި އެވެ.

މިކަމަ ގުޅިގެން ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ކައުންސިލްތައް ބާރުވެރިކުރުވައި ކައުންސިލްތަކަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި މުހިންމު ނިންމެވުމެއް ކަމަށެވެ.

ލައިންސަންސް ފީ ކައުންސިލްތަކަށް ދޭން ނިންމާފައި ވަނީ އަންނަ މަހުން ފެށިގެންނެވެ.

މިކަމާ ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓަރު އަމީން މިހާރު ވަރަށް ގިނަ ރަށްރަށުގެ ކައުންސިލުން މުވައްޒަފުން ނަގައިގެން ލައިސެންސް ނެގުމުގެ ޚިދުމަތް ދޭއިރު، ލައިސެންސް ފީގެ ގޮތުގައި ނަގާ ފީ ކައުންސިލަަށް ނުލިބޭކަން ފާހަގަކުރާ ކަމަށެވެ. އަދި މި ފީ ދައްކަން ޖެހެނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޕޯޓަލްއެއް މެދުވެރިކޮށް ކަމަށާއި އެ ފީ ސީދާ ކައުންސިލަށް ދެއްކޭ ގޮތެއް ވެސް ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

”އެހެންކަމުން އަންނަ މަހުގެ އެކަކުން ފެށިގެން އެ ލައިސަންސްގެ މަސައްކަތް ކުރައްވާ ހުރިހާ ކައުންސިލަކަށް އެ މަސައްކަތުގެ ހައްގު، އެ ލިބެން ޖެހޭ ފީއަކީ ކައުންސިލްތަކަށް ލިބޭނެ ފައިސާއެއްގެ ގޮތުގައި ހަމަޖައްސާފައި ވާނީ.“ އަމީން ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top