ޕީޓީއޭ ޑިނަރ ނައިޓް، މިފަހަރު ތަފާތު ވާނެ!

28236281_10155662774758402_714986517_n.jpg

ޕީޓީއޭ އަށް ފައިސާ ހޯދުމަށް ހިންގި ޕްރޮގްރާމެއްގެ ތެރެއިން

ލިއުނީ: ޔާން

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭ އިން މި މަހުގެ 13ވަނަ ދުވަހުގެ ރޭ އެ ސްކޫލުގައި ބާއްވާ ޑިނަރ ނައިޓްގައި ތަފާތު އެތައް ކަމެއް ފެނިގެން ދާނެ ކަމަށް ޕީޓީއޭ އިން ހާމަކޮށްފި އެވެ.

“ޕީޓީއޭ ޖާފަތް” ނަމުގައި ބޭއްވުމަށް ނިންމާފައިވާ މި ޑިނަރ ނައިޓުގެ އެންމެ ބޮޑު އެއް ތަފާތަކީ އާއިލާ އާއެކު ނުވަތަ ރައްޓެހިންނާ އެކު އުފާވެރި މާހައުލެއްގައި ދިވެހި އަމިއްލަ ރަހަތަކަށް އިންސާފު ކުރުމުގެ އިތުރުން ކާބައިން އަހަރެމެންނާ ހަމައަށް ގެނެސްދީފައިވާ ދިވެހި ‘ކޭން ‘ވެސް ހިމެނޭ ގޮތަށެވެ. ލައިވް ބާބަކިއު އާއި އޭދަފުށީގެ ހާއްސަ ހެދިކާގެ އިތުރުން ކާތަކެތި ހިމެނޭ ފުޑް ސްޓޯލެއްވެސް ހުންނަ އިރު ޕީޓީއޭގެ ބެލެނިވެރިންގެ ފަރާތުން ހުށަހަޅާ މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއްވެސް މި ޑިނަރ ނައިޓުގެ ތެރެއިން ފެނިގެންދާނެ ކަމަށް ޕީޓީއޭ އިން ހާމަކުރެއެވެ.

ނަސީބު ވަޒަން ކޮށްލުމުގެ ގޮތުން މި ޑިނަރނައިޓްގައި އޭދަފުށި ‘ފަސްމުގޫ’ ފިހާރައިން ހުޅުވާފައިވާ ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ޓިކެޓް ބައްލަވައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ލިބިވަޑައިގަންނަވާނެއެވެ. ގުރުއަތުން ހޮވޭ ފަރާތްތަކަށް ލިބޭ އިނާމުތަކުގެ ތެރޭގައި ޑޯނަޓް މޭކަރއާއި ޓޯސްޓަރ އަދި ބްލެންޑަރެއް ހިމެނެއެވެ.

ޕީޓީއޭ އިން އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ ޑިނަރ ނައިޓަކީ ޕީޓީއޭއިން ފަންޑް ރެއިސްކުރުމުގެ ގޮތުން ބޭއްވޭ ހަރަކާތެކެވެ. ސްކޫލާ ގުޅިގެން ހިންގާ މި ހަރަކާތުން ލިބޭ ފައިސާ ޚަރަދުކުރާނީ ސްކޫލުގައި ފާހަގަކުރާ އެކިއެކި މުނާސަބަތުތަކަށާ ދަރިވަރުންގެ ތަރުބަވީ ތައުލީމާއި ކުދިންގެ އަޚްލާގަށް އަމާޒުކޮށްގެން ހިންގޭ ހަރަކާތްތަކަށެވެ.

ޕީޓީއޭ ޖާފަތުގެ ޓިކެޓް މިހާރު ވަނީ ވިއްކަން ފަށާފައެވެ. ޓިކެޓެއްގެ އަގަކީ 100ރ. އެވެ. ނަމަވެސް ސްކޫލް ދަރިވަރުންނަށް ޓިކެޓް ވިއްކަނީ 50ރ އަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top