ކަރަންޓީނު ވެފައި ރޯޔަލް އައިލެންޑް ގައިތިބި މީހުންނަށް ހިތާދޫ ރައްޔިތުން ފޮނުވީ ރޯދަ ވީއްލުމެއް.

2kVuubx9irCguYf.jpg

ރޯޔަލް އައިލެންޑުގައި ކަރަންޓީނުގައި ތިބި މީހުންނަށް ރޯދަ ވީއްލުމަށް ހިތާދޫ ރައްޔިތުން ފޮނުވި ތަކެތި--

ކޮވިޑް -19 އާ ގުޅިގެން ރޯޔަލް އައިލެންޑް ގައި ކަރަންޓިނުވެފައި ތިބި މީހުންނަށް ހިތާދޫ ރައްޔިތުން ރޯދަ ވީއްލުމެއް ފޮނުވައިފިއެވެ.

ރޯދަ މަހަކީ އެމަހުގައިކުރެވޭ މި ބާވަތުގެ ކޮންމެ ކަމެއްގައި ހެޔޮ ކަމުގެ ސަވާބު އެތައް ގުނައަކަށް އިތުރު ވެގެން ދާނެ ކަމެއް ކަމުގައި ވާއިރު ހިތާދޫ ރައްޔިތުން މިދިން ރޯދަ ވީއްލުމަކީ ރީތި ނަމޫނާ އެއްކަމުގައި ހިތާދު ރައްޔިތުންނެކޭ އެއްފަދައިން ބ.އަތޮޅުގެ ގިނަ ބަޔަކުވެސް ބުނެއެވެ.

މީގެ ކުރިން ރ. ފައިނުގެ ރައްޔިތުންގެ ފަރާތުން ވެސް ރޯޔަލް އައިލެންޑްގައި ކަރަންޓީނުގައި ތިބި މީހުންނަށް ވަނީ ބައި ޓަނު ކަރާ ހަދިޔާ ކޮށްފައެވެ.

އެރަށުގައި ކަރާ ހެއްދުމަށް ދޫކޮށްފައިވާ  84 ދަނޑުބިމުގެ ތެރެއިން ޖުމްލަކޮށް ހުރިހާ ދަނޑަކުން ވެސް ވަނީ ކަރާ ހަދިޔާ ކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top