އެކްޓިންގ ދެކެ ބައްޕަ ވާ ލޯބި ރަންބީރު ކިޔައިދިނުމުން އާލިޔާއަށް ރޮވިއްޖެ.

Ali-Ranbir-Bhatt_d.jpg

ރަންބީރު، އާލިޔާ

ރަންބީރު ކަޕޫރުއާއި އޭނާގެ ބައްޕަ ރިޝީ ކަޕޫރު އާ ދެމެދު އޮންނަ ގުޅުން އެހާ ރަނގަޅު ނޫންކަން އެންމެންނަށްވެސް އެނގެއެވެ. ނަމަވެސް ރިޝީ ނިއުޔޯކްގައި ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ ވޭތުވެ ދިޔަ ދެއަހަރުން ފެށިގެން ރަންބީރު އުޅުނީ ފިލްމީ ދާއިރާއިން ޗުއްޓީ ނަގައިގެން ބައްޕަގެ ގާތުގައި ނިއުޔޯކްގައި ކަމަށް ވާތީ އެގުޅުން އޮތީ މުޅިން ރަނގަޅުވެފައެވެ.

މިދިޔަ އަހަރުގެ ޒީ ސީން އެވޯޑް ދިނުމުގެ ހަފްލާގައި އޭނާއަށް ލިބުނު އަހަރުގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑާ ހަވާލުވުމަށް ސްޓޭޖްގައި ހުރެ އޭނާގެ ބައްޕަ އެކްޓިންގ ދެކެ ލޯބިވާ މިންވަރު ވަނީ ކިޔައިދީފައެވެ. އެ ވާހަކަތަކުން އެންމެ ބޮޑު އަސަރެއް ކުރީ އެހަފްލާގައި އޭނާއަށް އެވޯޑު ދޭން ސްޓޭޖްގައި އޭނާގެ ގާތުގައި ހުރި އޭނާގެ ލޯބިވެރިޔާ އާލިއާ ބަޓް އަށެވެ. ވާން އުޅޭ ބަފައިކަލޭގެ އާމެދު ރަންބީރު ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަމުން ދިޔައިރު އާލިޔާ ހުރީ ހަމަ ރީއްޗަށްވެސް ރޮވިފައެވެ.

“މިދުވަސްކޮޅު ބައްޕަގެ ހާލު އެހާ ރަނގަޅެއް ނޫން. އެކަމަކު އެހާލުގައި ވެސް ބައްޕަ މުޅިންވެސް ދައްކާނީ ފިލްމު ތަކުގެ ވާހަކަ.” ރަންބީރު ބުންޏެވެ.

ރަންބީރު ބުނީ ފިލްމު ތަކުގެ އޮޑިޝަންތައް ނިންމާފައި އައިސް ބައްޕަގެ ވިސްނުން ގޮސް ހުސްވާނީ އެރޯލު ނުލިބިދާނެ ކަމަށެވެ. އެކަމާ ވަރަށް ބޮޑަށް ހުންނާނީ ހާސްވެފައެވެ. “އެ ފިލްމު ކުޅެން ލިބޭނެ ބާ ! މި ފިލްމަށް ރަނގަޅަށް އެކްޓް ކުރެވޭނެ ބާ! މި ކަހަލަ ވާހަކަތަކުން އަބަދު ހުންނާނި ހާސްވެފަ.  އެކަހަލަ ވާހަކަ އަބަދު ދައްކާތީ އަހަންނަށް އެނގުނީ ބައްޕަ އަސްލުވެސް ފިލްމް އިންޑަސްޓްރީ ދެކެ ލޯބިވާ ވަރު.”ރަންބީރު އިތުރު ކޮށްލި އެވެ.

ދެ އަހަރު ވަންދެއް ލިއުކީމިއާ އާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ފަހު ރިޝީ ނިޔާވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top