މައްސަލަޖެހުނު މަގޫގަސްތައް ހުއްދަ ހޯދައިގެން މާޅޮހުން ބޭރުކޮށްފި

maGOO-800x450-800x450.jpg

މިދިޔަ މަހު މާޅޮހުން ބޭރުކުރަން އުޅެނިކޮށް ފުލުހުން ހިފެހެއްޓި މަގޫ ދަނޑިތަކެއް އެރަށުގެ ބަނދަރު ސަރަހައްދުގައި. ހުއްދަ ނަގައިގެން އަލުން އެރަށުން މަގޫ ދަނޑިވަނީ ބޭރުކޮށްފައި / ފައިލް ފޮޓޯ

މޫބާލައިގެން، ބ. މާޅޮހުން މަގޫ ދަނޑިތަކެއް ބޭރުކުރަން އުޅުން ހުއްޓުވާފައިވަނިކޮށް، ގަވާއިދުން ހުއްދަ ހޯދައިގެން އެދަނޑިތައް ރަށުން ބޭރުކޮށްފިއެވެ.

ހުއްދަ ނުހޯދައި މަގޫދަނޑިތައް ބޭރުކުރަން އުޅެނިކޮށް އެންވަޔަރންމަންޓް ޕްރޮޓެކްޝަން އެޖެންސީއާއި، ފުލުހުން ގުޅިގެން މިމަސައްކަތް ހުއްޓުވީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.

މާޅޮހު ކައުންސިލުން ބުނީ ގަވާއިދާ އެއްގޮތަށް އަލުން މަގޫދަނޑިތައް ބޭރުކުރީ މިދިޔަ ހޯމަދުވަހު ކަމަށާ، މިފަހަރު މަގޫ ދަނޑިތައް ބޭރުކުރީ އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީއާއި ބ. އަތޮޅު ކައުންސިލްގެވެސް ހުއްދަ ހޯދައިގެންކަމަށެވެ. މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު އީވީއަށް ވިދާޅުވީ މަގޫ ދަނޑިތައް ބޭރުކުރަނީ މާޅޮހުގެ ތިމާވެއްޓަށް އަސަރު ނުކުރާވަރު ބަލައިގެންކަމަށާ، އެކަން އީޕީއޭއިންވެސް ބަލަމުންދާކަމަށެވެ. އޭނާ ވިދާޅުވީ ބ. އަތޮޅުގައި ހަދަމުންދާ ރިސޯޓަކަށް މަގޫ ދަނޑި ވިއްކަމުންދަނީ ފަސްރުފިޔާއަށް ދަނޑިއެއް މަގުން ކަމަށާ، ހޯމަދުވަހު 350 ދަނޑި ބޭރުކޮށްފައިވާ ކަމަށެވެ.

“އީޕީއޭއާ، އަތޮޅު ކައުންސިލް ހުއްދަ ލިބިގެން މިހާރު ކުރިޔަށް މިގެންދަނީ. އަނެއްކާ ހޭޅިފަށުން އަޅުގަނޑުމެން އެއްވެސް ގަހެއްގެ އޮފިގަނޑެއް ނުކަނޑާނަން. ކަނޑަމުންދަނީ ރަށުތެރޭގައި ހުރި ގަސްގަހުން. 350 ދަނޑި މޫބާލައިގެން މިބޭރުކުރީ ހޯމަދުވަހު” ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ މިއީ ރަށުގެ މާލިއްޔަތަށް ފައިސާ ހޯދުމުގެ މަގްސަދުގައި ކުރާ ކަމެއްކަމަށާ، މިޕްރޮޖެކްޓްގެ ދަށުން ޖުމްލަ ފަނަރަސަތޭކަ މަގޫ ދަނޑި މޫބާލައިގެން ވިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top