ދިރާސީ އާއަހަރުގެ ކިޔެވުން އޭދަފުށީގައި ފަށައިފި

DSCN6309.jpg

އޭދަފުށީގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން - ފޮޓޯ :އީވީ

731 ދަރިވަރުންނާއެކު މިއަދު އޭދަފުށީގައި ދިރާސީ އާއަހަރުގެ ކިޔެވުން ފަށައިފިއެވެ.

މައި ބަހިއްޔާ ޕްރީސްކޫލްގެ 50 އަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަދު އޭދަފުށީގައި ދިރާސީ އަހަރު ފަށާފައިވާއިރު މައި ބަހިއްޔާ ޕްރީސްކޫލްގެ ދަރިވަރުންނަށް ބޭނުންވާ ހުރިހާ ވަސީލަތްތަކާއެކު ޓީޗަރުންނާއި ކުދިންގެ ޓެކްސްޓް ފޮތްތައް ހަމަވެފައިކަމަސް ޕްރިންސިޕަލް އިފާ ވިދާޅުވިއެވެ. އެހެންނަމަވެސް މިއަދު މިފެށީ ހަމައެކަނި ނާސަރީ ކްލާސްތައް ކަމާއި ބޭބީ ނާސަރީގެ ކްލާސްތައްވެސް އަންނަ މަހު ފަށާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާއިތުވި އަހަރަށްވުރެ 79 ދަރިވަރުން މަދުން ތައުލީމީ މަރުކަޒުގެ ކިޔެވުން މިއަދު ފަށާފައިވާ އިރު މިއަހަރު ތައުލީމީ މަރުކަޒުގައި ކިޔަވަމުން ދާ ދަރިވަރުންގެ އަދަދަކީ 681 ކަމަށް ސްކޫލުން މައުލޫމާތު ދެއްވައެވެ. ހަމައެއާއެކު ބައެއް ކްލާސްތަކަށް ބޭނުންވާ ޓެކްސްޓް ފޮތް، ސްކޫލް ހުޅުވޭ ދުވަހު ލިބޭނެކަމަށް ކުރިން ވިދާޅުވިޔަސް އަދިވެސް ނުލިބޭކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން ސްކޫލްގެ ކިޔެވުން މިއަދު ފަށާނީ ނާސްތާ ޕްރޮގްރާމާ އެކުގައި ކަމަށްވީނަމަވެސް އެކަންވެސް ކުރިއަކަށް ނުދެއެވެ. އީވީއަށް މައުލުމާތު ލިބިފައިވާ ގޮތުގައި ދެން އެކަން މި ފިޔަވަހީގައި ކުރިއަށް ގެންދާނީ އޭދަފުށީގެ ބަދަލުގައި އަތޮޅުގެ އެހެން ސްކޫލެއްގަ އެވެ.

އެދަފުއްޓާއެކު މިއަދު ރާއްޖޭގެ 213 ސްކޫލެއްގައި ކިޔެވުން ފަށާފައި ވަނީ 73035 ދަރިވަރުންނާއެކު އެވެ. ޕްރީ ސްކޫލް ފެންވަރަށް 317 ސްކޫލެއްގައި މި އަހަރު ކިޔަވައިދޭން ހަމަޖެހިފައިވާއިރު އާ އަހަރު ފެށުނު އިރު، ސްކޫލްތަކުގައި 9800 މުދައްރިއްސުން ހަރަކާތްތެރިވާނެ ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ. މީގެތެރެއިން ދިވެހި މުދައްރިއްސުންނަކީ، 7900 އެވެ. ބިދޭސީ މުދައްރިއްސުންގެ ގޮތުގައި 1900 މުދައްރިސުން ރާއްޖޭގެ ސްކޫލްތަކުގެ މި އަހަރު ހަރަކާތްތެރިވާނެ އެވެ.

 

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު