ރާއްޖެތެރެއަށް ވޯޓު ކަރުދާސް ފޮނުވަން ފަށައިފި

WhatsApp-Image-2024-04-16-at-09.33.45_a63d2e30-850x548-1.jpg

ރާއްޖެތެރެއަށް ވޯޓު ކަރުދާސް ފޮނުވުމުގެ ތެރެއިން/ ފޮޓޯ: އީސީ

އަންނަ އާދިއްތަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބޭނުންކުރާނެ ވޯޓު ކަރުދާހާއި އެކަމާ ގުޅުންހުރި އެހެން ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ފަށައިފިއެވެ.

އަލަށް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަންކުރެއްވި ހަސަން ޒަކަރިއްޔާ ވިދާޅުވީ އިންތިޚާބަށް، އިދާރީ ގޮތުން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވެ ނިމިފައިވާ ކަމަށެވެ.

އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ހިމެނޭ ވޯޓުލާ މަރުކަޒަށް ފޮނުވަން ޖެހޭ ތަކެތި ފޮނުވުމުގެ މަސައްކަތް ރޭ ފަތިހު ފަށާފައިވާއިރު އއ، އދ، ވ، މ، ފ އަދި ދ އަތޮޅުގެ އިތުރުން މ އަތޮޅުގެ އަތޮޅު ވެރިކަން ކުރާ ރަށްތަކަށް ވޯޓުލާން ބޭނުންވާ ތަކެތި ކަނޑުމަގުން ފޮނުވާފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.

”ށ، ނ، ރ، ބ، ފިޔަވާ އެހެން ހުރިހާ އަތޮޅެއްގެ ވެރިކަންކުރާ ރަށްތަކަށް މިއަދު 5:30އާ ހަމަޔަށް ގެންގޮސް ނިންމާލެވޭނެ“ ހަސަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހުކުރު ދުވަހުގެ މެންދުރު ފަހާ ހަމައަށް ދާއިރު، ވޯޓުލުމަށް ބޭނުންވާ ހުރިހާ ސާމާނު ވޯޓުލާ މަރުކަޒު ހިމެނޭ ހުރިހާ ރަށްރަށަށް ފޮނުވާ ނިންމާނެކަމަށެވެ. އަދިސިނާޢީ ރަށްތަކާ ރާއްޖެއިން ބޭރަށް ފޮނުވާ ތަކެތި 20ވަނަ ދުވަހުގެ ނިޔަލަށް ފޮނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމިޝަނުން ވިދާޅުވީ ރަށްތަކަށް ވޯޓު ކަރުދާހާއި ވޯޓު ފޮށި އަދި ސެކިއުރިޓީ ބޮކްސްތައް ފޮނުވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުން ސަލާމަތާއި ރައްކާތެރިކަމާއެކު ކަމަށެވެ.

އިންތިޚާބުތަކާ ބެހޭ ގާނޫނުގައިވާގޮތުން ކޮންމެ ފޮށްޓަކަށް ފޮނުވާނީ، އެފޮށްޓަކަށް ވޯޓުލާ މީހުންގެ އަދަދަށްވުރެ 1 އިންސައްތަ ކަރުދާސް އިތުރުކޮށެވެ.

މި އިންތިހާބުގައި ޖުމްލަ 284،663 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު މީގެ ތެރޭގައި ހިމެނެނީ 139،361 އަންހެނުންނާއި 145،302 ފިރިހެނުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top