ފުރަތަމަ މެޗު ފެހެންދޫ ކާމިޔާބުކޮށް ސެމީއާ ގާތަށް

DSCN26031.jpg

4 ޑިސެމްބަރ 16 - ފެހެންދުއާއި ކުޑަރިކިލު ބައްދަލު ކުރި މެޗުގެ ތެރއިން.-ފޮޓޯ :އޭދަފުށި ވޮއިސް

ބ.އަތޮޅު ފުޓްބޯޅަ ޗެލެންޖްގައި މިއަދު އޭދަފުށީގައި ކުޅުނު ފުރަތަމަ މެޗުން ކުޑަރިކިލު ބަލިކޮށް ފެހެންދޫ، މެޗު ކާމިޔާބުކޮށް ސެމީ ފައިނަލާ ގާތަށް ޖެހިލައިފިއެވެ

މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމު ފެހެންދޫ ކައިރިން ކުޑަރިކިލު ބަލިވެފައިވަނީ 1-0 ގެ ކުޑަތަފާތަކުންނެވެ.

މިއަދުގެ މެޗުގައި ފެހެންދޫގެ ހަމަ އެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 55 ވަނަ މިނިޓުގައި ލިބުނު ކޯނަރަކުން  ޖާޒީ ނަންބަރު 10 އިބްރާހީމް ޝަހީމު އެވެ.

މިމޮޅާއެކު ފެހެންދޫ ސެމީއާ ގާތަށް ޖެހިލިއިރު ގްރޫޕް ބީގައި އަންގާރަ ދުވަހު ކުޑަރިކިލާ، ގޮއިދޫ ބައްދަލުކުރާ މެޗް ކުޑަރިކިލު ކާމިޔާބުކުރަން މަޖުބޫރެވެ. ނޫންނަމަ މުބާރާތުން އެޓީމް ކަޓާނެއެވެ.

މި މުބާރާތުގައި މާދަމާ ބައްދަލުކުރާނީ އޭދަފުޢްޓާއި ކިހާދޫއެވެ. މެޗު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 3:50ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top