މާޅޮހަށް އަނބު މޫސުން ފެށިއްޖެ. ޑިމާންޑް ވަރަށް ބޮޑު

Maalhos-mango.jpg

މިއަހަރުގެ ދެވަނަ އަނބު މޫސުން ބ. މާޅޮހުގައި ފެށި އަނބުގެ ޑިމާންޑް ވަރަށް ބޮޑަށް މަތިވެއްޖެއެވެ.

މާޅޮހަކީ ބ. އަތޮޅުގެ ނިސްބަތުން އަނބު ހައްދާ، އޭގެ ވިޔަފާރިކުރާ ދެވަނައަށް އެންމެބޮޑު މާކެޓެވެ. މާޅޮހުގެ ގަސްގަހުން މިވަގުތު ލިބެންހުރީ ހުތްއަނބު ނަމަވެސް ދަނޑުވެރިން ބުނަނީ އަނބުގެ ޑިމާންޑް މިހާރު ވަރަށް ބޮޑުކަމަށާ، ގަސްގަހުގައި އަނބު ހަރުނުވަނީސް ވިއްކަމުންދާކަަމަށެވެ.

މާޅޮހުގައި އަނބު ހައްދާ އޭގެ ވިޔަފާރިކުރާ ޔޫސުފް އަބްދުއްރަހްމާން ބުނީ މިވަގުތު އަނބުގެ ޑިމާންޑް ބޮޑުވިނަމަވެސް ކިލޯއެއް ވިއްކަމުންދަނީ 70 ރުފިޔާއަށް ކަމަށާ، މިއަގުގައި މޫސުން ނިމެންދެން ހިފެހެއްޓޭނެކަމަށެވެ.

“ހަމަ އަތުފަތު ނޭޅޭ. މިހާރު ހުތްއަނބަށް މިވިކެނީ. ހަރުއަނބެއް ނުލިބޭނެތާ މިހާ ޅަކޮން ބިންނަންޖެހެންޏަކާ.

މާޅޮހު ކައުންސިލްގެ ޒިންމާދާރުވެރިޔާ މުހައްމަދު ސައީދު ވިދާޅުވީ މާޅޮހުގައި ސާޅީހަށްވުރެ ގިނަ ފޯދުނު އަނބުގަސް މިހާރު އެބަހުރި ކަމަށާ، އަނބު މޫސުމުގައި ރަށަށް ބޮޑު އާމްދަނީއެއް ލިބެމުންދާކަމަށެވެ.

“ބައެއް ގޭގެއިން މިދިޔަ މޫސުމުގައި ނެގި ވިހިހާސް ރުފިޔާވެސް، ދެން އެކިމީހުން އެކިވަރަށް، ވަރަށް ރަނގަޅު އާމްދަނީއެއް ހޯދައޭ ދެންނެވޭނީ.” ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މާޅޮހުގައި ފަހަކަށް އައިސް އަނބު ހެދޭމިންވަރު ވަރަށްބޮޑަށް އިތުރުވެފައިވާކަމަށާ، މުސްތަގްބަލްގައި އަނބުގަހެއް ނެތްގެއެއް ނުހުންނާނެކަމަށެވެ.

މާޅޮހުގައި އަނބު މޫސުންފެށި ޑިމާންޑް ބޮޑުވިއިރު، ބ. އަތޮޅުގައި އަނބުގެ ވިޔަފާރި އެންމެބޮޑުރަށް ކަމުގައިވާ ހިތާދޫގެ ގަސްގަހުގައިވެސް އަނބުމާ އަޅައި މޫސުން ފެށެންތައްޔާރުވެފައިވާކަމަށް ހިތާދޫ ދަނޑުވެރިން ބުނެއެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top