ހެއްކާބެހޭ ބިލާ ދެކޮޅަށް ނޫސްވެރިން އިހުތިޖާޖު ގައި

5ORSELFY6qnUAfpc245xYJC1RNlBoiHinVLGalU5.jpg

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅަފައިވާ ހެއްކާ ބެހޭ ބިލް އިސްލާހު ކުރުމަށް ގޮވާލާ ނޫސްވެރިން އިހުތިޖާޖު ކުރަން ފަށައިފި ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ބުނެފި އެވެ.

މި އިހުތިޖާޖު ކުރަމުން ދަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީގައެވެ. އެމްޖޭއޭ އިން ބުނި ގޮތުގައި އިހުތިޖާޖުގައި ގޮވާލަމުންދަނީ ހެއްކާބެހޭ ބިލްގެ 136 ވަނަ މާއްދާ އިސްލާހުކުރުމަށެވެ. އެއީ މަސްދަރު ހާމަކުރުމާބެހޭ މާއްދާއެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ހެއްކާބެހޭ ބިލުގައި ވާގޮތުން، ވަކި ހާލަތްތަކެއްގައި ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭނެ އެވެ.

އެމްޖޭއޭ އާއި މޯލްޑިވްސް މީޑިއާ ކައުންސިލާއި އަދި ނޫސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހެއްކާ ބެހޭ ބިލްގެ 136 “ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ހާލަތްތައް ބަޔާންކުރާ” މާއްދާ މިހާރު އޮތް ގޮތުންނެވެ. އޭގައި މިހާރު އޮތީ ނޫސްވެރިން ގެނެސްދޭ ހަބަރުތަކަށް މައުލޫމާތު ހޯދުމަށް ބޭނުންކުރާ މަސްދަރުތައް ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފަ އެވެ.

ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގެ (ހ) ގައި ވަނީ މަސްދަރު ހާމަކުރުމުގެ ސަބަބުން އެ މީހާއަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށްވުރެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑުވާ ހާލަތްތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ކަމަށެވެ. އަދި ފަނޑިޔާރަށް ލިބިފައިވާ ބާރުގެ ތެރޭގައި މަސްދަރު ހާމަކުރަން ނޫސްވެރިންނަށާއި އޭނާ މަސައްކަތްކުރާ މީޑިއާއަށް މަޖުބޫރު ކުރެވިދާނެ ކަމަށްވެސް އެ ބިލުގައި ވަނީ ބުނެފަ އެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ހެއްކާ ބެހޭ ބިލަށް ވޯޓު ނެގުން އޮންނާނީ މިއަދުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top