ކުރިންވެސް ދެމުންއައި ގޮތަށް އާސަންދަ ދޭން ނިންމައިފި

55472a69abc2f.jpg

އަމިއްލަ ތަންތަނުން އާސަންދަ ދިނުން ހުއްޓާލާފައިވަނިކޮށް  އަނެއްކާވެސް ކުރިން އޮތްގޮތަށް އާސަންދަ ޚިދުމަތް ދިނުމަށް ރައީސުލް ޖުމްހޫރިއްޔާ ނިންމަވައިފިއެވެ. އަމިއްލަ ތަންތަނުން އާސަންދަ ދިނުން ހުއްޓާލާފައިވަނީ ކުރިން އެންގުމެއް ނެތި،  މިދިޔަ ހޮނިހިރުދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރަމުން ދަނިކޮށް، އެ ރޭ 11:30 ހާއިރުއެވެ.

ރައީސްއޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ “ސަރުކާރުން މިހާރު ވާނީ، ކުރިއެކޭ އެއްގޮތަށް އަމިއްލަ ފަރާތްތައް އާސަންދައިގައި ހިމަނައިގެން ޞިއްޙީ ދާއިރާގެ ކަންކަން ކުރިއަށް ގެންދިއުމަށް އަންގާފައެވެ. އަދި ސަރުކާރުގެ ޚަރަދުތަކުގެ ލީކޭޖް ކުޑަ ކުރުމަށް އެހެން ގޮތްގޮތުން ހައްލު ހޯދައި، އެކަން އަލުން ހުށަހެޅުމަށްވެސް ސަރުކާރުން ވާނީ އަންގާފައެވެ.

އެހެންކަމުން، ޞިއްޙީ ޚިދުމަތްދޭ އަމިއްލަ ތަންތަނުން ކުރިއެކޭ އެއްގޮތަށް އާސަންދަ ޚިދުމަތް މިހާރު ލިބެމުންދާނެ ކަމުގައި ދަންނަވަމެވެ.”

ބަޔާނުގައި އިތުރަށް ބުނެފައިވަނީ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ވާނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އަށް ހުށަހަޅާފައިކަމަށާ  މިކަމާ ގުޅިގެން 3 މޭ 2017 ގައި އެންސްޕާގެ ބޯޑުން ނިންމާފައިވަނީ، ޞިއްޙީ ޚިދުމަތްދޭ އަމިއްލަ ތަންތަނުން ފޯރުކޮށްދެމުންދިޔަ އިންޕޭޝަންޓް، އައުޓްޕޭޝަންޓް، ލެބޯޓަރީ އިންވެސްޓިގޭންޝަން އަދި ސްކޭންކުރުމުގެ ޚިދްމަތްތައް އާސަންދައިން އުނިކުރުމަށް ކަމުގައެވެ. މިގޮތަށް ޢަމަލުކުރުމަކީ، އެއްގޮތަކަށްވެސް ސަރުކާރުގެ ހުށަހެޅުމެއްނޫން ކަމަށާއި އާސަންދައިގެ ޚިދުމަތް ފޯރުކޮށްދިނުމަށް މެދުވެރިވާ އަމިއްލަ ފަރާތްތައް އެކަހެރި ކުރުމަށް ސަރުކާރުން އެއްވެސް ލަފައެއް ދީފައެއްނުވާނެކަމުގައި ބަޔާނުގައި ބުނެފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top