ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަށައިފި

DSCN0286.jpg

ބ.އަތޮޅު ތައުލީމީމަރުކަޒުގެ 2021ގެ ދިރާސީ އާއަހަރު ފެށުން --އީވީ ފޮޓޯ

ދިރާސީ އަހަރު ނިންމައި ސްކޫލް ތަކުގެ ބޮޑުޗުއްޓީ މިއަދު ފަށައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ކުރިއަށް އޮތް ދިރާސީ އާ އަހަރުގެ ކިޔެވުން ދެން ފަށާނީ މިއަހަރުގެ އޮގަސްޓް ހަތްވަނަ ދުވަހު އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށްފަހު މިޑް ޓާމަށް ސްކޫލުތައް ބަންދު ވާނީ އޮކްޓޫބަރު ނުވަވަނަ ދުވަހަށެވެ. އަދި ފުރަތަމަ ޓާމްގެ ކިޔެވުން ނިމޭނީ މިއަހަރުގެ ޑިސެމްބަރު 22 ވަނަ ދުވަހު އެވެ.

އޮގަސްޓް މަހުގައި ފަށާ ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ އަށްވަނަ ދުވަހު އެވެ.

ދިރާސީ އާ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމްގައި 92 ދުވަސް އަދި ދެވަނަ ޓާމްގައި 111 ދުވަހު ކިޔަވައިދޭނެ އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން އޮގަސްޓް މަހު ފަށާ ގޮތަށް އެޑިޔުކޭޝަން މިނިސްޓްރީން ހަމަޖެއްސީ މިދިޔަ އަހަރު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top