ކަރަންޓީނު އުސޫލާ ޚިލާފުވި މިލަންދޫ ޒުވާނަކު 10،000ރ. އިން ޖޫރިމަނާ ކޮށްފި

large_149807351946eyA9.jpg

ކޮވިޑަށް ޕޮޒިޓިވްވެގެން ށ. މިލަންދޫގައި ކަަރަންޓީނު ކޮށްފައި ހުރި 32 އަހަރުގެ ޒުވާނަކު އޭނާ ފޫހިފިލުވަން ގޭދޮށަށް ރައްޓެހިން ގެންގޮސް ބައްދަލުކޮށް ކަރަންޓީނުގެ އުސޫލުތަކާ ހިލާފުވުމުން 10،000ރ. އިން ޖޫރިމަނާ ކޮށްފި އެވެ.

މިލަންދޫ ކައުންސިލުން ބުނީ ފުލުހުން ރޭ އޭނާ ޖޫރިމަނާ ކޮށްފައިވަނީ އެތައް ފަހަރަކު ނަސޭހަތް ދިނުމުން ވެސް އެކަމަށް ބޯ ނުލެބުމުން ކަމަށެވެ.

އޭނާ ކަރަންޓީން ކޮށްފައި ހުރިގޭގެ ޖޯއްޔަކަށް ރައްޓެހިން ގެންނާތީ އެތައް ފަހަރަކު ނަސޭހަތްތެރިވި ކަމަށް ކައުންސިލަރު ވިދާޅުވި އެވެ. އެކަމަކު އެކަން ނުހުއްޓައި މުޅި ރަށް ނުރައްކަލަކަށް ހުށަހެޅޭތީ ފުލުހުން މެދުވެރިކޮށް ޖޫރިމަނާ ކުރީ އެވެ.

“ޖޫރިމަނާ ކުރި ފަހުން ނުފެނޭ ބޭރުތެރެއަށް ނުކުމެ އުޅޭ ތަނެއް،” ކައުންސިލް މެންބަރު އަހުމަދު ޝިޔާމް ވިދާޅުވި އެވެ.

އޭނާއަށް ކާންގެންދާ މީހާ ކޮންޓެކްޓް ވެފައިވާތީ އެ މީހާ ދިރިއުޅޭގެ ވެސް މިހާރު ވަނީ ކަރަންޓީނަށް ލައިފަ އެވެ. އަދި ޕޮޒިޓިވް ވެފައިވާ މީހާ ބައްދަލުކުރި ރައްޓެހިން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

މިލަންދޫން މީގެ ކުރިން ވެސް ވަނީ ޕޮޒިޓިވްވި މީހެއް ބޭރަށް ނުކުތުމުން ޖޫރިމަނާކޮށްފަ އެވެ.

އާބާދީގައި 25،00 ހިމެނޭ މިލަންދޫގައި ހޯމް ކަރަންޓީނުގައި މި ވަގުތު ވެސް ކޮވިޑަށް ޕޮޒިޓިވް އިތުރު ދެ މީހަކު އެބަތިއްބެވެ. ނަމަވެސް އެ މީހުންގެ ފަރާތުން ރަށަށް ބަލި ފެތުރުނަ ނުދިނުމަށް ފުރިހަމައަށް އެއްބާރުލުން ލިބެމުން އަންނަ ކަން ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.

ކަރަންޓީން އުސޫލާ ހިލާފުވާ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވާއިރު ބޮޑެތި އަދަދުތަކުން ދަނީ ޖޫރިމަނާ ކުރަމުންނެވެ. އެގޮތުން މީގެ ދެ ދުވަސް ކުރިން އޭދަފުށީގައި ވެސް ކަރަންޓީން އުސޫލާ ހިލާފުވި މީހަކު ވަނީ 10،000ރ. އިން ޖޫރިމަނާ ކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top