ވޯޓާ ދިމާވާތީ ސްކޫލްތަކުގެ އިމްތިހާނު އަވަސްކޮށްފި

ޕލޕލޕ.jpg

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާ ތާރީޚަށް ގެނައި ބަދަލާއެކު ސްކޫލްތަކުގެ އިމްތިހާނު ބާއްވަން ކުރިން ނިންމާފައިވާ ތާރީޚަށް ބަދަލު ގެނެސް އިމްތިހާނު ފެށުން އަވަސް ކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލް އިމްތިހާނު ބާއްވަން ކުރިން ނިންމާފައިވަނީ އަންނަ މަހުގެ 16 އިން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާ ތާރީޚަކީ 21 އޭޕްރިލް ކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅުމުން، ސްކޫލްތަކުގެ ފަހު އިމްތިހާނު ފަށާ ދުވަހަށް ބަދަލު ގެނެވިފައިވާ ކަމަށެވެ.

އެހެންވެ ގްރޭޑް 7 ،8 އަދި 9 ގެ ދަރިވަރުންގެ ދެވަނަ ޓާމްގެ އިމްތިހާނު މިމަހުގެ 17 އާއި އަންނަ މަހުގެ 25 އާ ދެމެދުގެ ރަސްމީ ދުވަސްތަކުގައި ބޭއްވުމަށް އެޑިއުކޭޝަނުން ވަނީ ސްކޫލުތަކަށް އަންގައިފަ އެވެ.

އިތުރަށް ބުނެފައިވަނީ އަންނަ މަހުގެ 20 ވަނަ ދުވަހު އިމްތިހާނު ބާއްވަން ސްކޫލަކުން ބޭނުންވާ ނަމަ، އެކަން އީސީގެ ފޯކަލް ޕޮއިންޓަށް އަންގައި މަޝްވަރާ ކުރަންވާނެ ކަމަށެވެ.

އެ ބަދަލާއެކު މިހާރު ގްރޭޑް އަށެއްގައި ކިޔަވަމުން އަންނަ ދަރިވަރުން ވަނީ އޯލެވެލްގެ މާއްދާތައް ވެސް ކިޔަވަން ފަށާފަ އެވެ.

ދިރާސީ އާ އަހަރަށް މި ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލާ އެކު، މިހާރު މި ހިނގާ 2023ގެ ދިރާސީ އަހަރު ނިމޭނީ އަންނަ އޭޕްރީލް 30 ވަނަ ދުވަހު އެވެ. 2024 ވަނައަހަރުގެ ދިރާސީ އަހަރު ގެ ކިޔެވުން ފަށާނީ މޭ 26 ގަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top