ކިހާދޫ ސްކޫލް ޑިނަރ ނައިޓުން އެއްލައްކައަށްވުރެ ގިނަ ރުފިޔާ

ކިހާދޫ ސްކޫލްގެ ކުރީގެ ޑިނަރ ނައިޓެއްގެ ތެރެއިން. ޑިނަރ ނައިޓަށް އަތޮޅުތެރެއިންނާ، ރިސޯޓްތަކުން ބޮޑުތަރުހީބެއް ލިބޭކަމަށް ކިހާދޫ ސްކޫލުން ބުނޭ / ފޮޓޯ: އިޓީ

ކިހާދޫ ސްކޫލްގެ ކުރީގެ ޑިނަރ ނައިޓެއްގެ ތެރެއިން. ޑިނަރ ނައިޓަށް އަތޮޅުތެރެއިންނާ، ރިސޯޓްތަކުން ބޮޑުތަރުހީބެއް ލިބޭކަމަށް ކިހާދޫ ސްކޫލުން ބުނޭ / ފޮޓޯ: އިޓީ

ކިހާދޫ ސްކޫލްގެ ޕޭރެންޓް ޓީޗަރ އެސޯސިއޭޝަން (ޕީޓީއޭ) ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން ބޭއްވި ޑިނަރ ނައިޓުން އެއްލައްކައަށްވުރެ ގިނަ ރުފިޔާ ލިބުނުކަމަށް އެރަށު ސްކޫލުން ބުނެފިއެވެ.

2010 ވަނައަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި ޑިނަރ ނައިޓް މިއަހަރު ބޭއްވީ ހުކުރުދުވަހުގެރޭ އެރަށު ސްކޫލް ގޯތިތެރޭގައެވެ. ކިހާދޫ ސްކޫލުން ބުނީ މިއަހަރުގެ ޑިނަރ ނައިޓްގައި އަތޮޅުގެ ގިނަރަށްރަށުންނާ، ރިސޯޓްތަކުން ބައިވެރިވެފައިވާ ކަމަށާ، ލިބުނު ތަރުހީބާމެދު ވަރަށް ހިތްހަމަޖެހޭކަމަށެވެ.

ކިހާދޫ ސްކޫލްގެ އޮފިޝަލަކު އީވީއަށް ވިދާޅުވީ ޑިނަރ ނައިޓްގެ ސީދާ ހިސާބުތައް މުޅިން ނުނިމުނު ނަމަވެސް ގާތްގަނޑަކަށް އެއްލައްކަ ހަހާސްރުފިޔާވަރު ލިބިފައިވާކަމަށް ވަގުތީ ހިސާބުތަކުން ދައްކާކަމަށެވެ. އޭނާ ވިދާޅުވީ މި ސިލްސިލާގެ އަންނަ އަހަރުގެ ޑިނަރ ނައިޓް މުޅިއަތޮޅަށް އަމާޒުކުރުމަށް ވިސްނާނެކަމަށެވެ.

ޓިކެޓް ވިއްކައިގެން ވަދެވޭގޮތަށް ބާއްވާ މި ޑިނަރ ނައިޓުގެ ޓިކެޓެއް އެންމެ އަގުހެޔޮކޮށް ވިއްކާފައިވަނީ -/100 ރުފިޔާއަށެވެ. ބޭނުންނަމަ މިއަގު އިތުރަށް މައްޗަށް ގެންދިއުމުގެ ފުރުސަތު ހުޅުވާލާފައި އޮވެއެވެ.

400 އަށްވުރެ ބޮޑުއާބާދީއެއް އޮންނަ ކިހާދޫ ސްކޫލުން މިދިޔަ އަހަރު ބޭއްވި ޑިނަރނައިޓުގައި ފަސްދޮޅަށް ހާހަށްވުރެ ގިނަރުފިޔާ ހޯދިއެވެ. މިފައިސާ ބޭނުންކޮށްގެން އެރަށު ސްކޫލްގެ ތަރައްޤީއަށް ގިނަމަސައްކަތްތަކެއް ކުރަމުންދާކަމަށް ކިހާދޫ ސްކޫލުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top