
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރުންތަކެއް ބައްދަލުވުމެއްގައި. ޓީޗަރުންގެ މުސާރައަށް ދެމަސްތެރޭގައި ހެޔޮބަދަލެއް އައުން ވަރަށްގާތްކަމަށް އެޑިއުކޭޝަނުން ބުނޭ / ފޮޓޯ: އިންޓަނެޓް
މިހާރު މުރާޖާ ކުރަމުންދާ ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑު ދެމަސްދުވަސް ތެރޭ ނިންމާ އެއޮނިގަނޑަށް އަމަލުކުރަން ފެށުމާއި އެކު މުސާރަ އަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ސައީދު އިއްޔެ ވިދާޅުވީ އެ އޮނިގަނޑު އެކުލަވާލުމަށްޓަކައި ސިވިލް ސާވިސް ކޮމިޝަނާއެކު ވަރަށް ބޮޑަށް ދިރާސާކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓީޗަރުންގެ މުސާރަ އާއި އިނާޔަތްތައް ރަނގަޅު ކުރުމަށް ބާރުއެޅުމަށްޓަކައި އިހުތިޖާޖްކުރުމުގެ ގޮތުން ޓީޗަރުން މިއަދު ކަޅު ހެދުމުގައި ވަޒީފާ އަށް ނުކުތުމަށް ޓީޗާސް އެސޯސިއޭޝަނުން ނިންމާފައިވާ އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. އަބްދުލް މުހްސިން ވިދާޅުވީ ސިވިލް ސާވިސްގެ މުވައްޒަފުންނާ ހިލާފަށް، ޓީޗަރުންނަށް އެތައް ކަމެއް މިހާރު ވެސް ލިބެމުންދާނެ ކަމަށެވެ.
ކަޅު ހެދުމުގެ އިހްތިޖާޖާ ގުޅޭ ގޮތުން ޑރ. މުހްސިން ވިދާޅުވީ ސިވިލް ސާވިސް ގާނޫނާއި ގަވާއިދާ ހިލާފުވާ މުވައްޒަފުންނާ މެދު އޮންނަ ގާނޫނީ އުސޫލުތަކުގެ ދަށުން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.