ޓީޗަރުންގެ މުސާރަ ބޮޑުކުރުން، ކޮރޯނާ ވައިރަސް ހުރަހަކަށް

DSCN9866-1.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން --އީވީ ފައިލް ފޮޓޯ

ގައުމުގެ ތައުލީމީ ދުވެލި ދުވަހުން ދުވަހަށް ކުރިއަރައި މަދަރުސާތަކުގެ ދަރިވަރުން ދުނިޔޭގެ ފެންވަރުގައި އަދި ރާއްޖޭގެ ފެންވަރުގައި ބޮޑެތިކާމިޔާބުތަކެއް އަންނަނީ ހޯދަމުންނެވެ. މިކަމުގެ ފަހަތުގައި ތިއްބެވީ ޓީޗަރުންނެވެ. ސިވިލްސާވަންޓުންގެ ތެރެއިން ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން އެންމެބުރަކޮށް މަސައްކަތް ކުރާ މީހުންނަކީ ޓީޗަރުންކަމާމެދު ޝައްކު ކުރާނޭ ޖާގައެއް ނޯންނާނެ އެވެ. އެކަން މިހާރުގެ އެޑިއުކޭޝަން މިނިސްޓަރު، ޑރ.އައިޝަތު އަލީވެސް ވަނީ އެކި މުނާސަބަތުތަކުގައި ފާހަގަ ކުރައްވާފައެވެ.

އެކަމުގެ އަގު ވަޒަންކޮށް އެކަމަނާ މިދިޔަ އަހަރުގެ އޮގަސްޓު މަހު، ޓީޗަރުންގެ މުސާރަ ބޮޑުކުރުމުގެ ގޮތުން ރައީސް އޮފީހާ ގުޅިގެން މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިދޔަ ނޮވެމްބަރު މަހު، މުސާރައިގެ އޮނިގަނޑު ޕޭ ކޮމިޝަނާވެސް ހިއްސާކުރި ކަަމަށްވެސް ރައްޔިތުންގެ މަޖިލީހުގައި އެކަމަނާ ވަނީ ވިދާޅުވެފައެވެ.

އޭގެ ފަހުން ފާއިތުވެގެން ދިޔަ ދުވަހެއް ވެގެން ދިޔައީއެވެ. ގައުމު ހިންގުމަށް މިއަދާއި މާދަމާއަށް ބޭނުންވާ ދަރިން ތައްޔާރު ކުރުމަށް މަސައްކަތްކުރާ އެ ‘މައިންނާއި ބަފައިން’ އެތިބީ މިނިސްޓަރު ވިދާޅުވިގޮތަށް މިއަދު ނޫނީ މާދަމާ މުސާރަ ބޮޑުވާނެ ކަމުގެ ހުވަފެން ދެކޭށެވެ.

އެހެންނަމަވެސް ޓީޗަރުންގެ މުސާރައިގެ އޮނިގަނޑުތަކާ ގުޅިގެން މިއަދު ފިނޭންސް މިނިސްޓްރީން ދެއްކެވި ވާހަކަތަކަށް ބަލާއިރު ކުރިންދައްކަމުން އައި ވާހަކައިގެ ރާގު މިވަނީ ބަދަލުވެފައެވެ. އެމިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މުސާރައިގެ އޮނިގަނޑުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. ނަމަވެސް މިދުވަސްވަރު ކޮރޯނާ ވައިރަސް ފެތުރެމުންދާތީ އިގްތިސާދީ ގޮތުން ކުރަމުންދާ އަސަރުތައް ކުޑަކުރުމުގެ ގޮތުން ހަރަދުކުޑަކުރަން އެ މިނިސްޓްރީން ސާކިއުލާއެއް ނެރެފައި އޮއްވާ އެކަމާ ވަކި އެެއްޗެއް ހާމަކުރަން މިނިސްޓްރީން މިވަގުތު ބޭނުންނުވާ ކަމަށެވެ.

ޓީޗަރުންގެ މުސާރަ ބޮޑު ކޮށްދިނުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި، ޓީޗަރުންގެ މުސާރަ އަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް ވަނީ ވައުދުވެވަޑައިގެންފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top