ބުޅަލެއް، ބޮޑުވަޒީރު ސާމަރާދޫނި ކާލިމައްސަލާގައި 3 ފުލުސް ސަސްޕެންޑް!

nawaz-sharif-starts-personal-fight-with-wild-cats-five-cats-killed-uptill-now-in-operation.jpg

ޕާކިސްތާންގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ގެންގުޅޭ ސާމަރާ ދޫނި ބުޅަލެއް ކާލުމާ ގުޅިގެން އެވަގުތު ޑިއުޓީގައި ތިއްބެވި 3 ފުލުހަކު ސަސްޕެންޑްކޮށްފިއެވެ.

ސަސްޕެންޑްކުރި އެއް ފުލުހަކު ބުނީ ބޮޑުވަޒީރު ގެންގުޅޭ ސާމަރާދޫނި ބުޅަލެއް ކާލުމާ ގުޅިގެން އެރޭ ޑިއުޓީގަ ތިއްބެއްވި 21 ފުލުހަކު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށެވެ.

އެރޭ އެމީހުން ޑިއުޓީގައި ތިބި ނަމަވެސް އެއްވެސް ވަރަކަށް ބުޅާ ބޮޑުވަޒީރުގެ ސާމަރާ ދޫނި ކާލާނެ ކަމަށް އެއްވެސް ވަރަކަށް އުއްމީދު ނުކުރާ ކަމަަށް ވެސް އޭނާ ބުޏްނެވެ.

ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކުރި 21 ފުލުހުންގެ ތެރެއިން 18 ފުލުހަކު ސުވާލުކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށާއި ނަމަވެސް 3 ފުލުހަކާ މެދު ވަނީ ފިޔަވަޅު އަޅާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top