ރިވެޓްމަންޓްޖަހާ ހިލަބާޖެއް އޭދަފުއްޓަށް

ހިލަ ހިފައިގެން އޭދަފުއްޓަށް އައި ބާޖް އޭދަފުއްޓާ، މާއްޑުއާދެމެދު ކަނޑުއޮޅީގައި ބަނދަރުކޮށްފައި. ދެދުވަހެއްގެ ތެރޭގައި އޭދަފުއްޓަށް ހިލަބާލަން ފަށާނެކަމަށް ކައުންސިލުން ބުނޭ / ފޮޓޯ: ފޭސްބުކް

ހިލަ ހިފައިގެން އޭދަފުއްޓަށް އައި ބާޖް އޭދަފުއްޓާ، މާއްޑުއާދެމެދު ކަނޑުއޮޅީގައި ބަނދަރުކޮށްފައި. ދެދުވަހެއްގެ ތެރޭގައި އޭދަފުއްޓަށް ހިލަބާލަން ފަށާނެކަމަށް ކައުންސިލުން ބުނޭ / ފޮޓޯ: ފޭސްބުކް

ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން އޭދަފުށިން ހިއްކުމަށް ހަމަޖެހިފައިވާ ބިމުގެ ބޭރުން ޖަހާ ރިވެޓްމަންޓް ޖެހުމަށްޓަކައި ބޭނުންކުރާ ބޮޑުހިލަބާޖެއް އޭދަފުއްޓަށް އަތުވެއްޖެއެވެ.

އޭދަފުށީ ކައުންސިލް އިދާރާއިން ބުނީ ހޮނިހިރުދުވަހު އައި މިބާޖުން 4300 ޓަނުގެ ހިލަ ގެނައިކަމަށާ، ދެދުވަހެއްގެ ތެރޭގައި ހިލަބާލަން ފާށާނެކަމަށެވެ. އޭދަފުށީ ކައުންސިލްގެ މެމްބަރ މުހައްމަދު ރިޒާ ވިދާޅުވީ މިބާޖުގެ އިތުރުން 22000 ޓަނުގެ ހިލަ ގެނައުމަށް ހަމަޖެހިފައިވާކަމަށާ، އެތަކެތި ލަސްނުވެ އޭދަފުއްޓަށް އަންނާނެކަމަށެވެ.

ރާއްޖޭގެ 4 ރަށެއްގެ ބިންހިއްކުން ހަވާލުވެފައިވާ ބޮސްކާލިސް އިންޓަނޭޝަނަލްގެ ފަރާތުން އޭދަފުށީގެ ބިންހިއްކުން ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ގާތްގަނޑަކަށް ނިމިފައިވާކަމަށް ރިޒާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދ. މީދޫ ބިން ހިއްކުން ނިމިފައިވާކަމަށާ، ކޮންނަބޯޓް ބުރާސްފަތި ނުވަތަ ހުކުރުދުވަހު އޭދަފުއްޓަށް އަންނާނެކަމަށެވެ.

” ބުރާސްފަތިދުވަހު ހޮޅިލައިން އޭދަފުއްޓަށް ގެންނާނެ. މާދަމާ ނޫނީ އަނެއްދުވަހު ކޮންނަބޯޓްވެސް މާލެދާނެ. މާލޭން ނިންމަންޖެހޭ ކަންކަން ނިންމައި ހަމައެދުވަހު އޭދަފުއްޓަށް ފުރާނެކަމަށްލަފާކުރެވޭ. އެހެންވީމާ ކޮންނަ ބޯޓުވެސް ބުރާސްފަތިދުވަހު ނުވަތަ ހުކުރުގައި އަންނާނީ” ރިޒާ އީވީއަށް ވިދާޅުވިއެވެ.

ބޮސްކާލިސް އިންޓަނޭޝަނަލް އާ ހަވާލުކޮށްގެން އޭދަފުށީގެ 25.9 ހެކްޓަރު ބިން ހިއްކުމަށް ސަރުކާރުން ހަމަޖައްސާފައިވާއިރު މިކަމަށް 125 މިލިޔަން ރުފިޔާ ހޭދަވާނެކަމަށްވެއެވެ. އޭދަފުށީގެ މިހާރުގެ ބިމުގެ ސައިޒަކީ ގާތްގަނޑަކަށް 31 ހެކްޓަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top