ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގަދަ 16 ގައި މިއަދު އޭދަފުއްޓާއި މައްޗަންގޮޅި ކުޅުނު މެޗުން އޭދަފުށި މޮޅުވެ މުބާރާތުގެ ކުއާޓާ ފައިނަލަށް އޭދަފުށި ދަތުރު ކޮށްފިއެވެ.
ކުރިން މުބާރާތް ކާމިޔާބުކޮށްފައިވާ ބ. އަތޮޅު ޗެމްޕިއަން އޭދަފުށިން ކުއާޓާ ފައިނަލް ޔަގީންކުރީ މާލޭގެ މައްޗަންގޮޅި ކަޓުވާލައިގެންނެވެ. އޭދަފުށިން އެމެޗު ކާމިޔާބުކުރީ 1-0 އިންނެވެ. މެޗުގެ ހަމައެކަނި ގޯލް ޖެހީ އިޝާން އިބްރާހީމް (ސައްޓު) އެވެ
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ.






