އިނގިރޭސީންގެއަތްދަށުން ސިންގަޕޫރު މިނިވަންވިތާ 50 އަހަރުފުރުން ކުލަގަދަ ރަސްމިއްޔާތަކާއެކު ފާހަގަކުރަންފަށައިފިއެވެ. ސިންގަޕޫރުގައި މިދުވަހަކީ ގައުމީދުވަހުގެ ގޮތުގައިވެސް ފާހަގަކުރާ ދުވަހެވެ. އެއީ މެލޭޝިއާގެ އަތްދަށުންމިނިވަންކަންލިބުމާ ގުޅިގެންނެވެ.
އެންމެ ކުލަގަދަގޮތެއްގައި ފާހަގަކުރެވުނު ކަމަކީ ސިންގަޕޫރު ރައްޔިތުންގެ ޕެރޭޑެވެ. މިޕެރޭޑްގައި ރައްޔިތުންގެ ގިނަ ބަޔަކު ބައިވެރިވިއިރު ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމުގެ ގޮތުން 600 މީހުންގެ މެޑިކަލް ޓީމެއް ތައްޔާރީ ހާލަތުގައި އޮތެވެ.މި ޕެރޭޑުން ދެން އެންމެ މަގްބޫލު ކުޅިވަރަކަށްވީ ސްކައިޑައިވްކުރުމެވެ. މި ހަރަކާތުގައި 50 ޑައިވަރުންވަނީ 50 ވައިކުޑައިގާ މަތިން ފައިބާފައެވެ.
މީގެ އިތުރުންވެސް ސިންގަޕޫރުގެ މިނިވަން50 ފާހަގަކުރުމުގެ ގޮތުން ބޭއްވީ މި ޕެރޭޑްގައިވަނީ ގިނަކަންތައްތަކެއް ދައްކާލާފައެވެ. އޭގެ ތެރޭގައި ހެވިކަމާ ކުޅިވަރުގެ ހަރަކާތްތަކަކާއި ގިނަދުވަހު ޚިދުމަތްކުރެއްވި ސިފައިންނާއި ފުލުހުންގެ މާޗެއްވެސް އޮތެވެ.
އިނގިރޭސީންގެ އަތްދަށުން ސަލާމްތްވެ ސިނ1ްގަޕޫރަށް ފުރިހަމަ މިނިވަންކަން ލިބިފައިވަނީ 1965އަހަރުގެ އޯގަސްޓްމަހުގެ ނުވަވަނަ ދުވަހުއެވެ.