އިންޓަރެސްޓް ދަށްކޮށް މަތީ ތައުލީމުގެ ލޯނަށް ހުޅުވާލައިފި

large_156308863056fsJp.jpg

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ.އިބްރާހީމް ހަސަން

ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހޯދާ ދަރިވަރުންނަށް ދޫކުރަން ނިންމާފައިވާ ލޯނަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 417 ފުރުސަތާއި މިހާރު ވެސް ކިޔަވަމުން އަންނަ ދަރިވަރުންނަށް 303 ފުރުސަތެވެ.

މި ފަހަރު ލޯން ދޫކުރާ ސްކީމުގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންގެ ގޮތުގައި ބަލާނީ ޖެނުއަރީ 1، 2022 ގެ ފަހުން ކިޔަވަން ފަށާ ދަރިވަރުންނާއި އެ ތާރީހުން ފެށިގެން މިހާރު ކިޔަވަމުންދާ ދަރިވަރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި އަހަރުގެ ސްޓޫޑެންޓް ލޯނުނަށް ހުޅުވާލާފައިވާއިރު އެޑްމިނިސްޓްރޭޝަން ފީ ތިން ޕަސެންޓުން އެއް ޕަސެންޓަށް ވަނީކުޑަކޮށްފައެވެ.

މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ލޯނު ސްކީމަށް ހުޅުވާލިއުރު ރާއްޖޭގައި މާސްޓާސް ކިޔަވާ ދަރިވަރުނަށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެއީ ވަރަށް ގިނަ ދަރިވަރުން ރާއްޖޭގައި މާސްޓާ ފުރިހަމަކުރަމުންދާތީ ކަމަށާއި ކޮވިޑްގައި ރާއްޖެއިން ބޭރަށް ދިއުމަށް އުނދަގުވެފައިވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރާއްޖޭގެ ގިނަ ކޮލެޖްތަކުން މިހާރު މާސްޓާ ކިޔެވުމުގެ އިންތިޒާމް ހަމަޖެހިފައިވާތީ ކަމަށެވެ.

މީގެ އިތުރުން މި އަހަރުގެ ލޯނު ސްކީމަށް ފުރަތަމަ ޑިގްރީއަށް ކިޔަވާ ހުރިހާ ދަރިވަރުންނަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި މި އަހަރު ރާއްޖޭގައި އެމްބީބީއެސް ހަދާ ދަރިވަރުންގެ އެހެނިހެން ހަރަދުތައް ހަމަޖެއްސުމަށްޓަކައި 40 ސްލޮޓް ރިޒާވް ކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ.

“މިއަހަރުގެ ސްޓޫޑެންޓް ލޯނުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމުގެ ފުރުސަތު ކުރީ އަހަރެކޭ އެއްފަދައިން ހަމަޖެހިފައިވާނެ. އެ ފަރާތްތަކުން ލޯނަށް ހުށައަޅާއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތެއްކަން އެނގޭ ލިޔެކިއުން ހުށަހަޅަން ޖެހޭނެ.” މިނިސްޓަރު ހަސަން ވިދާޅުވި އެވެ.

ސްޓޫޑަންޓް ލޯނަށް ކުރިމަތިިލުމުގެ މުއްދަތު ހަމަވާނީ މާޗް މަހުގެ ތިން ވަނަ ދުވަހު އެވެ. އެކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނީ ޕޯޓަލްއެއް މެދުވެރިކޮށް އޮންލައިން ކޮށެެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top