މި އާދަތައް ދޫކޮށްލަން ޖެހޭ !

ThinkstockPhotos-177339027-1.jpg

ހަށިގަނޑުގެ ބައެއް ގުނަވަންތަކުގައި އަމިއްލަ އިޚްތިޔާރުގައި ނުވަތަ އިޚްތިޔާރުން ބޭރުގައި ނަމަވެސް އަތްލައި ހެދުމަކީ ވަރަށް އާއްމު ކަމެކެވެ. ހަށިގަނޑުގެ ކޮންމެ ގުނަވަނީވެސް ވަރަށް ރައްކާތެރިކަމާ ސާފުތާހިރު ކަމާއެކު ގެންގުޅެން ޖެހޭ ތަނެކެވެ. ސާފުތާހިރުކަން ކުޑަވުމަކީ ބަލިތައް ޖެހުމަށް ދެވޭ ނުރައްކާތެރި ފުރުސަތެކެވެ. ޑޮކްޓަރުން ގެ ބަހުން ނަމަ އަންްނަނިވި އާދަތައް ވަގުތުން ދޫކޮށްލަން ޖެހެއެވެ. އެހެނީ މިއާދަތަކުން ހީވެސް ނުކުރާކަހަލަ ބޮޑެތި ބޮޑެތިބަލިތަކާއި ކުރިމަތިލާން ޖެހިދާނެއެވެ. ކިޔާލަމާ ހިނގާށެވެ.

މޫނުގައި އަތް ނުހާކާށެވެ : މޫނުގައި އަތްލުމަކީ ބައެއް މީހުންގެ އާދައެކެވެ. މޫނުގައި ބިއްސެއް ކަހަލަ އެއްޗެއް ނަގާފައި ހުންނަނަމަ ވަރަށް ގިނައިން މޫނުގައި އަތްލެވެއެވެ. ހަނދާންކުރަންވީ އަތްތިލަ އަކީ ހިރަފުހާއި ނުސާފު އެއްޗެތިން މައްސުނި ވެފައިވާ ގުނަވަނަކަށް ވާއިރު މޫނުގައި މިގޮތަށް އަތްލުމަކީ  އެއްގޮތަކަށްވެސް ރައްކާތެރިކަމެއް ނޫނެވެ. މޫނު ދޮންނަން ފެށުމުގެ ކުރިން ސައިބޯނި ލައިގެން އަތް ދޮވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ އަތުގައި ހުންނަ ބެކްޓީރިއާ އާއި ޖާމްސްތައް ފިލުވާލުމުގެ ގޮތުންނެވެ. އެއހެންނޫނީ ވަރަށް ފަސޭހައިން މޫނަށް ބަދަލުވާނެތީއެވެ.

ލޯ ނޫގުޅާށެވެ.  : ލޮލުގައި އަތްލުމާ ލޯ އުނގުޅުމަކީ ވަރަށް ގިނަ މީހުންގެ ނުރައްކާތެރި އާދައެކެވެ. ލޯ ކަހާނަމަ ނުވަތަ ހިރުވާނަމަ ކެހުން ހުއްޓުވަމަށް ސީދާ އެކަމަށް ހުންނަ ލޮލަށް އަޅާ ބޭހެއް ބޭނުންކުރާށެވެ. އެހެންނޫނީ ޑޮކްޓަރަކަށް ދެއްކުން ނޫން ގޮތެއް ނޯންނާނެ ކަން ގަބޫލު ކުރާށެވެ. ލޮލަކީ އިންސާނާގެ އެންމެ ނާޒުކު އެއް ގުނަވަން ކަމަށް ވާއިރު އަތަކީ ކުރިންވެސް ދެންނެވިހެން ހަށިގަނޑަށް ޖަރާސީމު ފަތުރާ ގުނަވަން ކަމަށް ވާއިރު ލޮލުގައި އަތްލުމަކީ އަމިއްލަ އަށް ވިސްނާލުމުންވެސް ރައްކާތެރިކަމެއް ނޫންކަމށް ގަބޫލު ކުރެވޭނެއެވެ. އެކަމުގެ ސަބަބުން ލޯ އިންފެކްޓްވެ ލޮލުގެ އަސްލު ކުލަ ގެއްލި ލޮލުގެ ބަލިތައް ޖެހުން އޮންނާނީ ވަރަށް ކައިރީގައެވެ.

ނިޔަފަތި ތަކުގެ ދަށް ނުވަތަ ނިޔަރޮދި ތެރެއަށް އަތްނުލާށެވެ. :ނިޔަފަތި ދިގުކުރުމަކީ އެއް ގޮތަކަށްވެސް ރައްކާތެރި ގޮތެއް ނޫނެވެ. ވަރަށް ރަނގަޅަށް ސާފުކޮށް ނުބަލަހައްޓާނަމަ އެއީ ބެކްޓީރިއާ އުފެދޭ  ހާއްޔެކެވެ. ބައެއް ފަހަރު މި އާދައިގެ ސަބަބުން ނިޔަފަތީގެ އަސްލު ކުލަ ބަދަލުވުމާއި ނިޔަރޮދި ދުޅަވެ ވޭން ހުރި ރިހުމަކަށް މިއާދައިގެ ސަބަބުން ބަދަލުވެފައި އެބަހުއްޓެވެ.

ކަންފަތުގެ ތެރެއަށް އަތްނުލާށެވެ : ކަންފަތް ހަމަ ހިރުވާލާއިރަށް އަތުގެ އިނގިއްޔެއް ކަންފަތުގެ ތެރެއަށް ލާފައި ހިރުވުން ކެނޑުވޭތޯ ފުރަތަމަ ކުރެވޭ ކަމަކަށް ވެފައި އޮންނަނީ މި ނުބައި އާދައެވެ. އެކަމަކު އެކަމުގެ ސަބަބުން އަތުގެ ޒަރީއާއިން ކަންފަތުގެ އެތެރެ ހަޑިވުމާއި ކަންފަތަށް ޖަރާސީމު ތަކެއް ފޮނުވާލެވޭކަން އެނގޭނަމަ އެކަމެއް ނުކުރާނެއެވެ.

ނޭފަތް ކޮއްޓުން : ނުސާފު އިނގިލިން ނޭފަތް ކޮއްޓާއިރު އެއީ ނުބައި އާދައަކަށް ވުމުގެ އިތުރުން ގިނަބަލި ތަކެއްވެސް ވާރުތަ ކުރާ ކަމަކެވެ. ނޭފަތުގެ އެތެރެއަކީ ވަރަށް ހަން ތުނި ނާޒުކު ޓިޝޫތަކަކުން އަދި ވަރަށް ރައްކާތެރިކަމާއެކު އުފެދިފައިވާ ގުނަވަނަކަށްވެސް ވާތީ މިގޮތަށް އަތްލުމުގައި ބައެއް ފަހަރު ޓިޝޫތަކަށް ގެއްކުންވެ ނޭފަތުން ލޭ އަންނަގޮތްވެސް ވެދެއެވެ.

ނޭފަތް ސާފުކުރަންވާނީ ތާފަނާ ފެނާއެކު މަޑު ފޮތިކޮޅަކުން ނުވަތަ ރުމާލަކުންނެވެ.

ތުންފަތާއި އަނގައަށް އަތްނުލާށެވެ. ކުރިންވެސް ބުނި ފަދައިން އަތަކީ ޖަރާސީމް ފަތުރައިދޭ މައި މަރުކަޒުކަމަށްވާތީ ތުންފަތުގައި އަތް ހޭކުމާއި އަނގައިގެ ތެރެއަށް އަތްލުމަކީ އެތައް ބެކްޓީރިއާއެއް އެތެރވޭނެކަމަކަށް ވާތީ އެއީ ބަލިތައް ހަށިގަނޑުން އެތެރެވުމަށް ދެވޭ ދައުވަތެކެވެ. އައްތިލަ ސާފު ކޮށް ހުރިނަމަވެސް އަތްތިލަ ނުވަތަ އިނގިއްޔެއް ނަމަވެސް އަނގައިގެ ތެރެއަށް ލުމަކީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. (މަސްދަރު :އިމޭޒިންގ ފެކްޓްސް )

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top