ވަފާ ޖަމިއްޔާއިން ނައިޓް މާކެޓެއް ބާއްވަނީ

0-02-06-3dc881aa355c978dc48c71c2d3aaa0bac9226ab5c0736eb2787fb38793948cd2_438e08a1-800x600-800x600.jpg

ޖަމިއްޔަތުލްވަފާ އިން ބޭއްވި އައްޑަނަ ފުޑްފެއަރ-ފޮޓޯ ؛ ސާލިމް

އޭދަފުއްޓަށް މީހުން ބަދަލުކުރިތާ 50 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަ ކުރުމަށް ފަންޑު ހޯދުމަށް ޖަމިއްޔަތުލް ވަފާއިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން “ރަން ޔޫބީލް ނައިޓް މާކެޓް 2019 “ގެ ނަމުގައި ނައިޓް މާކެޓެއް ބޭއްވުމަށް އެ ޖަމިއްޔާއިން ނިންމައިފިއެވެ.

އޭދަފުށީގެ ބައެއް ވިޔަފާރިވެރިންނާ ގުޅިގެން ބާއްވާ މި ނައިޓް މާކެޓް އޮންނާނީ މިމަހުގެ 8 ވަނަ ދުވަހާއި 9ވަނަ ދުވަހުގެ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން ފެށިގެން 11ޖެހުމާ ހަމައަށެވެ.  ނައިޓް މާކެޓް އޮންނާނީ ވަފާ ޖަމިއްޔާގެ ދެކުނުން އޮތް ހުސް ބިމުގަ އެވެ.

ތަފާތު ވައްތަރުގެ މުދާ ހެޔޮ އަގުގައި ހޯދުމަށާއި ގޮތުންނާއި ގިނަ މުދާ އެއްތަނަކުން  ހޯދަން ބޭނުންވާ ފަރާތްތަކަށް މިއީ ރަނުގެ ފުރުސަތެއްކަމަށް އެޖަމިއްޔާއިން ބުނެއެވެ.

ވަފާ ޖަމިއްޔާއިން ބުނީ ނައިޓްމާކެޓް ގައި އޭދަފުށީގެ ގިނަ ފިހާރަތަކަކުން ބައިވެރިވާނެކަމަށާ މި ކަމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވެސް ހުޅުވާލާފައިވާކަމުގައެވެ.

ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 6 ވަނަ ދުވަހުގެ ރޭ 10 ޖެހުމުގެ ކުރިން 7896915 އާއި ގުޅުއްވުމަށްވެސް އެޖަމިއްޔާއިން އެދެއެވެ.

އޭދަފުއްޓަށް މީހުން ބަދަލުކުރިތާ 50 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަ ކުރުމަށް ފަންޑު ހޯދުމަށް ޖަމިއްޔަތުލް ވަފާއިން މީގެ ކުރިން ވަނީ ދެ ފުޑްފެއަރ އެއް ވެސް ބާއްވާފައެވެ. މިކަމަށް ބޮޑު ތަރުހީބެއް ލިބުނުކަން ޖަމިއްޔާއިން އުފަލާއެކު ފާހަގަ ކުރެ އެވެ.

އޭދަފުއްޓަށް މީހުން ބަދަލުކުރިތާ 50 އަހަރު ފުރުން ކުލަގަދަ ގޮތެއްގައި ފާހަގަ ކުރަން ވަފާ ޖަމިއްޔާއިން ނިންމާފައިވާއިރު ގިނަ ބަޔަކަށް ފުުރުސަތު ދިނުމުގެ ގޮތުން ޔުބީލް ހަރަކާތް ތައް ބާއްވަން ނިންމާފައިވަނީ އަންނަ އަހަރު މަާޗްގައި ލިބޭ ސްކޫލް ތަކުގެ ފުރަތަމަ ޓާމް ޗުއްޓީގެ ތެރޭގައެވެ.

ކުޅިވަރު އީދެއްގެ ގޮތުގައި އެއްހަފްތާ ވަންދެން މެދުނުކެނޑި ”ރަން ޔޫބީލް އީދު” ކުރިއަށް ގެންދިއުމަށް ވަފާ ޖަމިއްޔާއިން ވަނީ ނިންމާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top