ޑާންސް ޕްލަސް ސީޒަން 4 ، ކާމިޔާބު ކުރީ ޗޭތަން

chetan-759.jpg

ސްޓާރ ޕްލަސް އިން ގެނެސްދިން ޑާންސްޕްލަސް 4 ޗޭތަން ސަލުންކޭ ކާމިޔާބު ކޮށްފިއެވެ

ދިވެހިންގެ ގިނަ ބަޔަކުވެސް ޝައުގު ވެރިކަމާއެކު ބަލަމުން ގެންދިޔަ މިޝޯ ކާމިޔާބު ކުރި 19 އަހަރުގެ ޗޭތަން އަކީ އިންޑިއާގެ ޕޫނޭގެ ވަރަށް ފަގީރު އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ.

ޗޭތަން މިޝޯ ކާމިޔާބްކޮށްފައިވަނީ ފައިނަލްގައި އޭނާއާ ވާދަކުރި އާންޗަލް ސޫޖަލް ވަރްތިކާއާއި ވީ އަންބީޓަބަލް އާއި ވާދަކޮށްގެންނެވެ.

ޝޯ ކާމިޔާބު ކުރުމުން އޭނާއަށް ވަނީ 25 ލައްކަ ރުޕީސްގެ އިތުރުން ޓްރޮފީވެސް ލިބިފައެވެ.

މި ޝޯ ހޯސްޓްކޮށްފައިވަނީ މަޝްހޫރު ކޮމޭޑިއަން އަދި ނެށުމަށް ކުޅަދާނަ ރާގަވް އާއި ސުގަންދާ މިޝްރާއެވެ. ފަނޑިޔާރުންގެ ތެރޭގައި ހިމެނެނީ ސުޕަރޖަޖް ރޭމޯ ޑިރޫޒާ އާއި ސަކްތީ މޯހަން އާއި ޕުނީތު ޕަތަކްގެ އިތުރުން ދަރްމޭޝް އެވެ.

ޗޭތަން އަކީ އެ ޝޯގެ ޖަޖުންގެ ތެރޭގައި ހިމެނޭ ޕުނީތުގެ ޓީމަށް ނިސްބަތްވާ ކުއްޖެކެވެ. ޝޯގެ ސެކަންޑް ރަނަރއަޕް އަކަށް ހޮވިފައިވަނީވެސް ޕުނީތުގެ ޓީމުގައި ހިމެނޭ އާންޗަލް ސޫޖަންގެ ޕެއަރ އެވެ.

ޗޭތަން އަށް ޓްރޮފީ ލިބުމާއެކު އޭނާވަނީ އެޓްރޮފީ މައިންބަފައިންނާ ހަވާލު ކޮށްފައެވެ.

ޗޭތަންގެ މަންމަ ބުނީ މިއީ ހުވަފެނުންވެސް ނުދެކޭ ފަދަ އުފަލެއް ކަމަށާ ވޯޓު ދިން ހުރިހާ އެންމެންނަށްވެސް ޝުކުރު އަދާކުރާ ކަމުގަ އެވެ.

ޝޯއަށް ފަހު ރިޕޯޓަރަކު ޗޭތަން ގާތު އެއްވަނަ އަށް އައުމުން ލިބުނު ފައިސާއަށް ހަދާނީ ކިހިނެއްތޯ އެހުމުން އޭނާ ބުނީ ބޭނުންވަނީ އެފައިސާއަށް މައިންބަފައިނަށް ގެއެއް ގަނެދީގެން އެމީހުން އުފަލުގައި ބޭތިއްބުމަށް ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top