”ސްޕެޝަލް ޑިއުޓީ އެލަވަންސް“ ދޭނީ އާދިއްތަ ދުވަހުން ފެށިގެން: ސީއެސްސީ

Reception2-1.jpg

ކައުންސިލުތަކުގެ އިދާރީ މުވައްޒަފުންނަށް ”ސްޕެޝަލް ޑިއުޓީ އެލަވަންސް“ ގެ ގޮތުގައި ދޭން ނިންމާފައިވާ %35 އެލަވަންސް ދޭނީ އާދިއްތަ ދުވަހުން ފެށިގެން ކަމަށް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފިއެވެ.

ކައުންސިލްގެ އިދާރާތަކުގެ މުވައްޒަފުންގެ ތެރެއިން ”ސްޕެޝަލް ޑިއުޓީ އެލަވަންސް“ ގެ ގޮތުގައި މުވައްޒަފުންނަށް އިތުރުގަޑީގެ އިނާޔަތް ދިނުމަށް ސަރުކާރުން ނިންމީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ.

މި އެލަވަންސް ދޭން އޭރު ނިންމީ މި މަހުގެ 01 ވަނަ ދުވަހުން ފެށިގެންނެވެ. އެހެންނަމަވެސް ސީއެސްސީއިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ ކައުންސިލު އިދާރާތަކުގެ މުވައްޒަފުންނަށް ދިނުމަށް ނިންމި %35 އެލަވަންސް ދޭނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށެވެ.

މި އެލަވަންސް ދޭ މުވައްޒަފުންގެ އިތުރުގަޑި ހިސާބު ކުރާނީ ރަސްމީ ބަންދު ދުވަސްތަކުގައި އަދާކޮށްފައިވާ އިތުރުގަޑީގެ ވަގުތު ނުހިމަނައި މަހެއްގެ މައްޗަށް 44 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތްކޮށްފައިވާ ވަގުތަށެވެ. ނަމަވެސް އެސް.އެސް އަދި ޖީ.އެސް ރޭންކުތަކުގައި މަސައްކަތްކުރާ މުވައްޒަފުން އިސްތިސްނާވާނެއެވެ.

ހަމަ އެހެންމެ ލީގަލް އޮފިސަރުންނަކީ ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގެ ތެރެއިން ސްޕެޝަލް ޑިއުޓީ އެލަވަންސް ލިބެމުން އަންނަ މުވައްޒަފުން ކަމުގައިވާތީ މި އެލަވަންސް ހަމަޖެހިގެން ނުދާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top