އައިދޫ ދޫކުރީ ދަނޑުވެރިކަމަށް. ހިންގަނީ ގެސްޓްހައުސް

367945_3_9be53d1006742d68d94b2e4fc00f748abbf42f8e_large.jpeg

ބ. އައިދޫ -- ފޮޓޯ: ދޮންފަނު ބީޗް ވިއުސް

ބ.އައިދޫ، ފިޝަރީޒް މިނިސްޓްރީން ދޫކޮށްފައިވަނީ ދަނޑުވެރިކަން ކުރަން ކަމަށް ވިޔަސް އެރަށުގައި ގެސްޓް ހައުސް ހިންގާތީ އެމައްސަލަ ޓޫރިޒަމް މިނިސްޓްރީގެ ސަމާލުކަމަށް އަތުވެއްޖެ އެވެ.

އައިދޫގައި ގެސްޓް ހައުސް އުސޫލުން ކޮޓަރި ވިއްކަމުންދާ މައްސަލަ ޓޫރިޒަމް މިނިސްޓްރީގެ ކޮމްޕްލަޔަންސް ޑިޕާޓްމެންޓުން މިހާރުވަނީ ބަލަން ފަށައިފަ އެވެ.

ބޮޑުމިނުގައި 3.1 ހެކްޓަރުގެ އައިދޫ، 2017 ވަނަ އަހަރު، ފިޝަރީޒް މިނިސްޓްރީން ވަރުވާއަށް މުހައްމަދު ސައީދު ކިޔާ މީހަކަށް ދޫކޮށްފައި ވަނީ 21އަހަރަށެވެ.

ދަނޑުވެރިކަމަށް ދޫކުރި މި ރަށް ގެސްޓް ހައުސް ހިންގާ ރަށެއްގެ ގޮތުގައި ފުޅާކޮށް ޕްރޮމޯޓްކޮށް ވިޔަފާރި ހިންގައެވެ. އެ ރަށާ ގުޅޭ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި ދުވާލު އެކަނި ބޭނުން ކުރުމަށް ކޮޓަރި އާއި، ރެއަކާއި ދުވާލަށް ދޫކުރާ ކޮޓަރިތައް ވެސް ހުރެ އެވެ.

މިތަންތަނުގެ އަގުތައް ވެސް ހިމަނާފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top