މިރޭ ކޭތަ ނަމާދު ކުރުން އޮންނާނެ

halfmoon.jpg

އޭދަފުށީގައި މިރޭ ކޭތަ ނަމާދު ކުރާނެ ކަމަށް ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ.

މެގަ ފޯން މެދުވެރިކޮށް ރަށުކައުންސިލުން އަންގާފައިވަނީ މިރޭ 11 ޖަހާއިރު މަސްޖިދު މުއީނުއްދީން ގައި ކޭތަ ނަމާދު ކުރުން އޮންނާނެ ކަމުގައެވެ. އަދި މި ނަމާދުގައި ވީހާ ގިނަ ބަޔަކު ބައިވެރިވެރި ވުމަށް ކައުންސިލުން އެދި ވަޑައިގަންނަވައެވެ.

ފަލަކީ ހިސާބުން ދައްކާ ގޮތުގައި މިރޭ ހަނދުކޭތަ ހިފާނީ 22:14ގައެވެ. ކޭތަ ވީއްލާނެކަމަށް ލަފާ ކޮށްފައިވަނީ ފަތިހު 4:28ގައެވެ.

މިރޭ ހިފާ ހަނދުކޭތައާ ގުޅިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސައިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top