ބޫސްޓަ ޑޯޒެއް ޖެހުން މުހިއްމު: މިނިސްޓަރު ނަސީމް

234811363_3622874667816152_3207064686247372021_n.jpg

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް

ކޮވިޑް ވެކްސިންގެ ދެ ޑޯޒަށްފަހު، އިތުރު ބޫސްޓާ ޑޯޒެއް ޖެހުން މުހިއްމު ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމު ވިދާޅުވެއްޖެއެވެ.

ޖަޕާން ސަރުކާރުން މިއަދު ރާއްޖެއަށް ހަދިޔާ ކުރި 112،000 ޑޯޒުގެ އެސްޓްރަޒެނެކާ ވެކްސިން  އާއި ހަވާލުވުމުގެ ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ނަސީމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒެއް ޖަހަން ޖެހިދާނެ ކަމަށާއި މިއަދު ހަދިޔާކުރި ވެކްސިންގެ ސަބަބުން އެކަމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

“ވަރަށް ރަނގަޅު ޕްރޮގްރާމެއް (ލާސްޓް ވަން މައިލް ސަޕޯޓް) މިއީ، އަޅުގަނޑުމެން އަދި ބޫސްޓާ ޑޯޒެއް ޖަހަން ޖެހޭނެ. އެހެންވީމަ މި ހުރިހާ ކަމަކަށް ބަލާއިރު، އަޅުގަނޑު ދެކޭ ގޮތުގައި މި ވެކްސިނަކީ ވަރަށް ވެލްކަމް އެއްޗެއް އަޅުގަނޑުމެންނަށް ލިބުނު،” ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވިގޮތުގައި ދުބާއީ ފަދަ ބައެއް ގައުމު ތަކުގައި ސިނޮފާމް ޖަހާފައިވާ މީހުންނަށް ބޫސްޓާ ޑޯޒް ޖެހުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އަދި ރާއްޖެއިން އެގޮތަށް އަމަލު ކުރުމަށް ނިންމާނީ ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށް ވިދާޅުވިއެވެ.

ސިނޮފާމް ވެކްސިންއިން ކޮވިޑުން ދިފާއު ކޮށްދޭ މިންވަރު 79 ޕަސެންޓުގައި އުޅޭ އިރު އެސްޓްރާޒެނެކާގެ ވެކްސިން އާއި އޭގެ ފޯމިއުލާ ބޭނުންކޮށްގެން އިންޑިއާއިން ތައްޔާރު ކުރާ ކޮވިޝީލްޑްއިން ކޮވިޑުން ރައްކާތެރިކޮށްދޭ މިންވަރު 70 ޕަސެންޓާ 90 ޕަސެންޓާ ދެމެދުގެ މިންވަރަކަށް އަރާ ކަމަށް ރިޕޯޓުތަކުގައިވެއެވެ. އަދި ފައިޒާ ވެކްސިންއިން ކޮވިޑުން ދިފާއުކޮށްދޭ މިންވަރު 95 ޕަސެންޓަށް އަރައެވެ.

ބޫސްޓާ ޑޯޒް ޖެހުމާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް މިނިސްޓަރު ދެއްވާފައެއް ނުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top