ޑޮލަރުގެ ކަޅުބާޒާރު ހުއްޓުވަން ފިޔަވަޅުތަކެއް އަޅަނީ

currency-exchange-international.jpg

ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަޅަން ނިންމައިފި އެވެ.

އެމްއެމްއޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ އެކްސްޗޭންޖު މާކެޓުގާއި މިހާރު އޮތް ރެޖިއުލޭޓްރީ ފްރޭމްވޯކަށް އިސްލާހު ގެންނަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާ އެކަމުގެ މައުލޫމާތު ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރެވި އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް ސަރުކާރުން ރުހުން ވެސް ދީފައިވާ ކަމަށެވެ. އެކަމަކު އެ ބަދަލުތަކުގެ ތަފްސީލް ހިއްސާކުރައްވާފައެއް ނުވެއެވެ.

“މި މައުލޫމާތު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ބޭރުގެ ޕާޓީތަކާ މަޝްވަރާ ކުރެވި ވަނީ އިތުރަށް ފައިންޓިއުން ކުރެވިފަ،” އިމާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޮނިގަނޑަށް ގެންނަ ބަދަލުގެ އަސަރު އެންމެ ބޮޑަށް ކުރާނެ އެއް ބަޔަކީ ވިޔަފާރިވެރިން ކަމަށެވެ. އެހެންވެ އެކަމާ ގުޅިގެން ވިޔަފާރިވެރިންނަށް ދިމާވާނެ ދަތިތަކަ ގުޅޭގޮތުން މަޝްވަރާކޮށް އެ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ސެޝަންތަކެއް ރާވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިކަމުގައި ވިޔަފާރިވެރިންގެ މަޝްވަރާ ވެސް ހޯދާނެ ކަމަށާއި، ކުރިއަށްދާނީ ވިޔަފާރިވެރިންގެ ހިޔާލާއި އެކު ކަމަށް ވިދާޅުވިއެވެ.

“މި ބަދަލުގެ ސަބަބުން ބިޒްނަސް ކޮމިއުނީޓީ އަށް އަންނާނެ ބަދަލުތަކާ މަޝްވަރާ ބައްދަލުވުންތައް މި ހަފުތާ އިން ފެށިގެން ކުރިއަށް ދާނެ. މި ބަދަލުތައް ހިއްސާ ކުރަން އަޅުގަނޑުމެންގެ ޕްލޭން ތަކެއް އެބަހުރި. މި މައުލޫމާތު ހުރިހާ ލެވަލްއެއްގައި މައުލޫމާތު ދިނުން ކުރިއަށްދާނެ،” އިމާދު ވިދާޅުވި އެވެ.

ރާއްޖޭގައި ޔޫއެސް ޑޮލަރެއްގެ ރަސްމީ އަގަކީ 15.42ރުފިޔާ އެވެ. ނަމަވެސް، ބޭންކުތައް މެދުވެރިކޮށް ޑޮލަރު ނުލިބޭތީ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު މި ފަހުން 19ރ. އަށް އަރައިގެން ދިޔައެވެ.

އެހެން އެދިމާވިކަމަށް ގިނަ ބަޔަކު ގަބޫލު ކުރަނީ ކޮވިޑުގެ ހާލަތުގެ ގޯސްވެ، މިދިޔަ އަހަރުގެ ތެރޭގައި ބޯޑަރު ބަންދުކޮށް، އެންމެ ގިނައިން ބޭރު ފައިސާ ވަންނަ ޓޫރިޒަމް ސިނާއަތް ހުއްޓުމުން ކަމަށެވެ.

ބިދޭސީން އިސްކޮށް ތިބެ، ވަރަށް ހާމަކަން ބޮޑު ގޮތެއްގައި، ކަޅު ބާޒާރު ހިންގި ނަމަވެސް، އެކަން ނުހުއްޓުވޭތީ އެމްއެމްއޭއަށް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top