އޭދަަފުށި އާއްމު ހާލަތަށް. ސްކޫލްތައް ހުޅުވުން އަންގާރައަށް

DSCN9874.jpg

އޭދަފުށި---އީވީ ފޮޓޯ

މިމަހު 16 ވަނަދުވަހު އޭދަފުށިން ކޮވިޑަށް ފައްސިވި ބަޔަކު ފެނުމާ ގުޅިގެން ރަށް ބަންދުގައި ބޭއްވުމަށްފަހު މިއަދު މޮނިޓަރިން އުވާލައި އާއްމު ހާލަތަށް ގެނެސްފި އެވެ.

އޭދަފުށިން ކޮވިޑް ފެނިގެން އެންމެ ފުރަތަމަ މޮނިޓަރިން އަށް ލާފައިވަނިީ ފާއިތުވި އެޕްރީލް މަހު އެވެ. އޭގެ ދެމަސް ދުވަސް ފަހުން މޮނިޓަރިން އުވާލާފައި އޮއްވާ އަނެއްކާވެސް ކޮވިޑް ފެނުނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އެދުވަހު ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ ފުލޫ ކްލިނިކަށް ދެއްކި ހަތަރު މީހަކު ޕޮޒިޓިވް ވެގެންނެވެ.

ބ.އަތޮޅު ހޮސްޕިޓަލުގެ ސީނިއާ ކޮމިއުނިޓީ ހެލްތު އޮފިސަރު ސިދުގީ އަބްދުﷲ ވިދާޅުވީ އެ ހަތަރު މީހުންނާ ކޮންޓެކްޓުވި އެންމެން ދެނެގަނެވި، އެންމެން ކަރަންޓީނު ކޮށްފައިވާ ކަމަށެވެ. އަދި އެ ހަތަރު މީހުންނާ އެކު އެރަށުން ޖުމުލަ 19 މީހަކު މިހާތަނަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެ އެންމެންނަކީވެސް ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޕޮޒިޓިވްވި މީހުން ކަމަށް ވިދާޅުވިއެވެ.

އޭދަފުށީ އާއްމު ހާލަތަށް ގެނައިކަން އެންގުމަށް އޭދަފުށީ ކައުންސިލަށް އެޗްޕީއޭ އިން ފޮނުވާފައިވާ ލިޔުމެއްގައި ބުނެފައިވަނީ ރަށް އާއްމު ހާލަތަށް ގެނެސްފައިވަނީ ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން މޮނިޓަރިިން ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މި ވަގުތު ފެންނަން ނެތުމުން ކަމަށެވެ.

ކޭސްތައް މަދުވުމާއި ގުޅިގެން ރަށް މޮނިޓަރުން ނަގާފައިވިޔަސް ރައްކާތެރިވުމުގެ ގޮތުން މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުމާއި އެއްވެ ނޫޅުމަށް ސިދުގީވަނީ އިލްތިމާސް ކޮށްފަ އެވެ.

މޮނިޓަރިން އާއެކު ބަންދު ކޮށްފައިވާ ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭގް އަށަކުން ފެށިގެން ދަށް ކްލާސް ތަކުގެ ކިޔެވުން އަންނަ އަންގާރަ ދުވަހު ފަށާގޮތަށް ވެސް މިހާރު ވަނީ ހަމަޖެހިފަ އެވެ.

އޭދަފުށި މޮނިޓަރިން އިން ވީއްލުމާއެކު މިހާރު ރާއްޖޭގައި މޮނިޓަރިންގ ހާލަތު އިއުލާނު ކޮށްފައިވަނީ 18 ރަށުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top