ބ. އަތޮޅުގައި ބަށި ތަރައްގީކޮށް މުބާރާތްތަކުގައި ވާދަނުކުރެވޭ އަންހެނުންނަށް އެފުރުސަތު ހޯދައި ދިނުމުގެ މަގްސަދުގައި ކަމަށްބުނެ ބ.އަތޮޅު ކައުންސިލުން ބާއްވާ މިއަހަރުގެ ބަށި މުބާރާތް މާދަމާ ފަށާގޮތަަށް ނިންމައިފިއެވެ.
މުޅި އަތޮޅަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ބައިވެރިވެފައިވަނީ ފުޅަދޫ،ގޮއިދޫ، އޭދަފުށި،ތުޅާދޫ، މާޅޮސް އަދި ހިތާދޫއެވެ.
މުބާތާރް ބާއްވަން ހަމަޖައްސާފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ އޭދަފުށްޓާއި މާޅޮހުގެ އިތުރުން ގޮއިދޫއެވެ. ގްރޫޕް ބީގައި ހިމެނެނީ ފުޅަދޫއާއި ހިތާދޫގެ އިތުރުން ތުޅާދޫއެވެ. މުބާރާތުގެ ސެމީފައިނަލަށް ހޮވޭނީ ކޮންމެ ގްރޫޕަކުން އެއްވަނައަށް އާއި ދެވަނައަށް އަންނަ ޓީމެވެ.
އޭދަފުށީދެ ދެކުނުފަރާތު ހިއްކި ބިމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ފުޅަދޫ އާއި ހިތާދޫއެވެ.