ފަސޭހައިން ކަރަންޓު ބިލް ދައްކާލެވޭ ސޮފްޓްވެއާ އެއް ފެނަކައިން ތައާރަފްކޮށްފި

l_1525098824360aLl.jpg

ފެނަކަ ގެ އާ ސޮފްޓްވެއާ ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތު ---- ފޮޓޯ: ޕީއެސްއެމް

ފެނަކައިން އަތޮޅުތެރޭގައި ދެމުންގެންދާ ކަރަންޓް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ހިންގަމުން ގެންދާ ޚާއްސަ މަޝްރޫއުގެ ދަށުން ފަސޭހައިން ބިލު ދައްކާލެވޭ ސޮފްޓްވެއާ އެއް އެ ކުންފުނިން ތައާރަފްކޮށްފިއެވެ

މިއަދު ޝީ ބިލްޑިންގގައި މިކަމަށް ބޭއްވި ރަސްމިއްޔާތެއްގައި މި ސޮފްޓްވެއަރ އިފްތިތާހްކޮށްދެއްވީ ފެނަކަ ކޯޕަރޭޝަނުގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ޝަރީފާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ލަމްޢާން އެވެ

މި ސޮފްޓްވެއާ އާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ލަމްޢާން ވިދާޅުވީ މި ޤާއިމްކުރެވުނު ނިޒާމްގެ ސަބަބުން ހިސާބު ބެލެހެއްޓުމުގައާއި ބިލް ދެއްކުމަށްވެސް ވަރަށް ބޮޑު ލުއިފަސޭހައަކާއި ޔަޤީންކަމެއް ލިބިގެންދާނެކަމަށެވެ.

“އައްޑޫގައި ހުރެފައި ހއ.ގެ ބިލެއްވެސް ދައްކައިލެވޭނެ އައްޑޫ ބްރާންޗުން. އޮންލައިކޮށް ބިލުގެ ތަފްސީލު ބަލާލެވޭނެ،” އޭނާ ވިދާޅުވިއެވެ.

މި ސޮފްޓްވެއާ އާ ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަނުގެ ކުރީގެ އެމްޑީ ޝަރީފް ވިދާޅުވީ، މިއަދު ތައާރަފު ކުރެވުނު ބިލިން ސިސްޓަމް އާއެކު ފެނަކައިން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ވާނެ ކަމަށެވެ.

މި ސޮފްޓްވެއާ އާއި އެޕްލިކޭޝަން އިން ކަސްޓަމަރުންނަށް ހާއްސަ ޕޯޓަލްއަކާއި، އޮންލައިންކޮށް ބިލުގެ ތަފްސީލު ބަލާލުމުގެ ފުރުސަތާއި އެކު ކަސްޓަމަރުންނަށް ބޭނުންވާ އެންމެހައި މައުލޫމާތާއި ފައިސާ ދެއްކޭނޭ ގޮތްވެސްު ވަނީ ހަމަޖެހިފައެވެ

ފެނަކައިގައި މިހާތަނަށް ބޭނުންކުރަމުން އައި ބިލިންގ ސޮފްޓްވެއާގެ ބަދަލުގައި ތައާރަފު ކުރި އާ ސޮފްޓްވެއާ ޑިވޮލަޕް ކޮށްފައިވަނީ ޝްވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިންނެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top