އޭދަފުށީ “ފޭލި” ޖަމިއްޔާއާއި މޯލްޑިވް ޕޮލިސް ސަރވިސް ގުޅިގެން އައުޓްބޯޑް އިންޖީނުމަރާމާތުކުރަން ދަސްކޮށްދޭ ކޯހެއް މިއަދު އޭދަފުށީގައި ފަށައިފިއެވެ.
މިކޯސް ފައްޓަވައިދެއްވީ ފުލުހުންގެ އިންޓަރނަލް ސެކިއުރިޓީ ކޮމާންޑަރ ހެޑް، ޗީފް ސުޕްރިންޓެންިޑެެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދެވެ.
އޭދަފުށި މަލްޓިޕާޕަސް ބިލްޑިންގގެ ޖަލްސާކުރާ ހޯލުގައި ކޯސް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތު ގައި ވާހަކަދައްކަވަމުން ހަމްދޫން ވިދާޅުވީ މިފަދަކޯސްތަކުގެ ސަބަބުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތައް ތަނަވަސްވެގެން ދިއުމާއެކު ކުށުގެ ވެށިން ޒުވާނުން ދުރުކުރުމަށް ޓަކައި މިއީ ފުލުހުން ކުރަމުން ގެންދާ މަސައްކަތަށް އިތުރުވި ބޮޅެއްކަމުގައެވެ. މިފަދަ ކިތަންމެ ކޯހެއް ހިންގާފައިވާނޭ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ކޯސްތައް ހިންގުމަށް ރާވާފައިވާކަމުގައި ހަމްދޫން ވިދާޅުވިއެވެ.
ހަމްދޫންގެ ވާހަކައިގާ މި ކޯސް ހިންގުމަށް ފަންނީ އެހީތެރިކަން ވެދެއްވި ހަސަންކޯމެރިން އަަށާއި އެލިއާއަށް ޝުކުރު އަދާކުރެއްވިއެވެ.
މިރަސްމިއްޔާތުގައި ނޯތުޕޮލިސް ޑިވިޜަންގެ ހެޑް އިނިސްޕެކްޓަރއޮފް ޕޮލިސް އަބްދުﷲ ނަސީރުވެސް ވާހަކަ ދެއްކެވިއެވެ. ނަސީރުގެ ވާހަކައިގާ މިފަދަ ކޮންމެކަމެއްގައި ޖަމިއްޔާތަކާ ގުޅިގެން ކުރަން ޖެހުނު ކޮންމެ ކަމެއްގައިވެސް ފުލުހުންގެ ވަސީލަތްތައް ތަންދިން އެންމެ މަތީ ދަރަޖައަކަށް ބައިވެރިވެ އެހީތެރިކަން ދޭނެކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި އިޖްތިމާއީ ކޮންމެ ކަމެއްގައިވެސް ދިވެހި ފުލުހުން ޚިދުމަތް ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބިކަމުގެ ޔަގީންކަންވެސް ދެއްވިއެވެ..
މުޅި ރާއްޖެއަށް ހުޅުވާލައިގެން ހިންގާ މިކޯހުގައި ހަތަރު ފުލުހަކާއެކު ޖުމްލަ 34 މީހުން ބައިވެރިވެފައި ވެއެވެ.
މިކޯހަކީ ޔުނެސްކޯ ބަޔޯސްފިއާ ރިޒަރވްގެ މާލީއެހީތެރިކަމާއެކު ހިންގަމުން ގެންދާ ކޯހެކެވެ.
ދެމަސްދުވަހުގެ މުއްދަތަށް ކުރިއަަށްގެންްދާ މި ކޯހުގައި ކިޔަވައިދެއްވަނީ މެރިންޕޮލިހާއި ހަސަންކޯ މެރިންއާއި އަދި އެލިއާގެ ތަޖްރިބާކާރު ޓީޗަރުންނެވެ.