ތައުލީމާބެހޭ ވީޑިއޯކޮންފަރެންސެއް ބ.އަތޮޅު ތައުލީމީމަރުކަޒުގައި

4.jpg

ބ.އަތޮޅު ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް މައުލޫމާތު ދިނުމުގެ ވީޑިއޯކޮންފަރެންސެއް ފަށައިފިއެވެ.

އިއްޔެ ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޓީއާރުސީގައި ގާއިމްކޮށްފައިވާ ވިޝުއަލް ރޫމްގައި މި ކޮންފަރެންސް ފައްޓަވައިދެއްވީ މިނިސްޓރީއޮފް އެޑިއުކޭޝަންގެ ޕާމަނަނަޓް ސެކްރެޓަރީ އަބްދުލް މުހްސިން އެވެ.

މި ވީޑިއޯ ކޮންފަރެންސްގެ ބޭނުމަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތާ އެއްގޮތަށް ކިޔަވައި ދިނުމުގައި ސަމާލުކަން ދޭންވާ ކަންތައްތައް ފާހަގަކޮށް އެކަމާ ބެހޭ މައުލޫމާތު ހިއްސާކުރުން ކަމުގައި ބ.އަތޮޅު ތައުލީމީމަރުކަޒުން ބުނެއެވެ.
މި ކޮންފަރެންސްގައި ވީޑިއީ މެދުވެރިކޮށްމައުލޫމާތު ދެއްވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ތަޖްރިބާ ހުރި ސީނިއަރ ބޭފުޅުންކޮޅެކެވެ.

ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޮންފަރެންސްގައި ބ. އަތޮޅު ސްކޫލްތަކުގެ ނުވަ ޕްރިންސިޕަލުން ބައިވެރިވެލައްވައެވެ.

މިއީ މި ކަހަލަ ކޮންފަރެންސެއް ރާއްޖޭގައި ބާއްވާ ފުރަތަމަފަހަރުކަން ފާހަގަ ކުރެވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top