ރަށްވެހިކަން ސާބިތުނުވެގެން އޭދަފުށީގައި ނެޓްބޯޅަމެޗެއް މެދުކަނޑާލައިފި

ނއތް-1.jpg

ބޮޑުއީދާ ގުޅިގެން އޭދަފުށިގައި މިހާރު ކުރިއަށްދާ ނެޓްބޯޅަ މުބާރާތުގައި ކުޅުންތެރިއެއްގެ ރަށްވެހިކަން ސާބިތު ކުރުމަށް މެޗުގެ ކުޅުން މެދު ކަނޑާލައިފިއެވެ.

މިކަން ހިގީ މިއަދު ހެދުނު އޭދަފުށީގައި ކުރިއަށް ދިޔަ ބީކޭ ނެޓްބޯޅަ މުބާރާތުގައި އޭދަފުށީ ޔުނައިޓެޑް ވީއާއި ކްއީންސް ކްލަބް ބައްދަލު ކުރި މެޗްގެ 4ވަނަ ކްއާޓަރގައެވެ.

މައްސަލަ އުފެދުނީ ތިން ކުއާޓަރ ކުޅުނު ފަހުން ހަތަރުވަނަ ކްއާޓަރ ފެށިގެން ވަކި ހިސާބަކުން ނެވެ. މައްސަލައަކަށް ދިމާވީ ގަވާއިދާ ޚިލާފަށް ޔުނައިޓެޑްވީ އިން ރަށުން ބޭރަށް ނިސްބަތްވާ ތިން ކުޅުންތެރިއަކު އެއްފަހަރާ ކޯޓަށް އެރުވުމުންނެވެ. ގަވާއިދު ބުނާގޮތުން އެއްފަހަރާ ކުޅެން އެރުވޭނީ ރަށުން ބޭރު ދެ ކުޅުންތެރިންނެވެ.

މިމައްސަލަ ދިމާވި ހިސާބުން މެޗް މެދުކަނޑާލުމަށް ފަހު ޔުނައިޓެޑް ވީއިން އެރުވި ކުޅުންތެރިޔާގެ ރަށްވެހިކަން ސާބިތުކުރުމަށްޓަކާ އޭނާގެ މައިންބަފައިންގެ އައިޑީކާޑުވަނީ ވައިބަރ މެދުވެރިކޮށް މެޗް އޮފިޝަލުންނަށް ފޮނުވަން އަންގާފައެވެ. މިމައްސަލަ ގަނޑުގެ ތެރޭގައި މިމެޗު ވިއްސަކަށް މިނިޓު މެދު ކަނޑާލަން ޖެހުނެވެ.

މުބާރާތުގެ އިންތިޒާމް ކޮމިޓީން ބުނީ މައްސަލަ ޖެހުނު ކުޅުންތެރިއަކީ ރަށުން ބޭރު ކުޅުންތެރިއެއްގެ ގޮތުގައި ޓީމުގައި ހިމަނާފައިވާ ކުޅުންތެރިއެއް ކަމަށެވެ. ނަމަވެސް ޔުނައިޓެޑްވީ އިން ބުނީ އެ ކުޅުންތެރިޔާގެ މަންމަ އަކީ އޭދަފުށީ މީހަކަށް ވެފައި އޭނާގެ ގެދޮރުވެސް އޭދަފުށީގައި ހުންނާތީވެ އެއީ އޭދަފުށި ކުއްޖަކަށް ވާނޭ ކަމަށެވެ. ނަމަވެސް ހަތަރުވަނަ ކްއާޓަރގެ ކުޅުން ކުރިއަށް ގެންދިޔައީ އެ ކުޅުންތެރިޔާ މި މެޗަށް ސަސްޕެންޑްކުރުމަށް ފަހުގައެވެ.

މެޗް އިންތިޒާމް ކޮމިޓީން ބުނީ ސަސްޕެންޑްކުރި ކުޅުންތެރިޔާގެ ރަށްވެހިކަމާމެދު އެކޮމިޓީން މިއަދު ގޮތެއް ނިންމާނެ ކަމަށެވެ. .

މެދުއަވަށާ އިރުމަތީއަވަށަށް ނިންބަތްވާ މި ދެޓީމުގެ ފޯރިގަދަ މެޗު ކާމިޔާބުކޮށްފައިވަނީ  20-15 ގެ ތަފާތަކާއެކު ޔުނައިޓެޑް ވީއެވެ.

ރަށްވެހިކަން ސާބިތުނުވެގެން ނެޓްބޯޅަ މެޗެއް އޭދަފުށީގައި މެދުކަނޑާލި މިއީ ފުރަތަމަފަހަރެވެ. ނަމަވެސް އޭދަފުށީގައި ބާއްވާ ބައެއް ފުޓްބޯޅަ މުބާރާތްތަކުގައި މިމައްސަލަ ދިމާވެފައި އެބަހުއްޓެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top