ގައުމީ ފުޓްބޯޅަ ޓީމް މާދަމާ އޭދަފުއްޓަށް

31870dad3231e688aeb9acd2e2a3cce8d3a8.jpg

ގައުމީ ޓީމު- ފޮޓޯ/އެފްއޭއެމް

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް، މާދަމާ އޭދަފުއްޓަށް އަންނަ ގޮތަށް ހަމަޖެހއްޖެ އެވެ.

ގައުމީ ޓީމްގެ މި ޒިޔާރަތަކީ ، މި މަހު ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން ކްލަބް އޭދަފުއްޓާ ދެކޮޅަށް، އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގައި މެޗެއް ކުޅުމަށެވެ.

ގައުމީ ފުޓްބޯޅަ ޓީމް މިމަހު 19 އިން 27 އާ ދެމެދު ކުޅޭ އެކުވެރިކަމުގެ މެޗުތަކުގައި ފުރަތަމަ ވާދަކުރާނީ ކުރާނީ ބްރޫނާއީ އާއި ލާއޯސްއާ ދެކޮޅަށެވެ. މި މެޗުތަކަކީ ފީފާގެ ކަލަންޑުގައި ހިމެނޭ ބައިނަލްއަގްވާމީ ދުވަސްތަކުގައި ކުޅޭ މެޗުތަކަކަށް ވުމާއެކު، މި ދެ މެޗުގެ ނަތީޖާ ފީފާ ރޭންކިންގައި ގުނާނެ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުން މިހާރު އަންނަނީ އެ ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ. އޭދަފުއްޓާ ދެކޮޅަށް ކުޅޭ މެޗަށް ފަހު ގައުމީ ޓީމު ބްރޫނާއީ އަށް ދިއުމަށް ފުރާނީ ހަފްތާ ބަންދުގަ އެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި ބްރޫނާއީއާ ދެކޮޅަށް ނުކުންނާނީ މި މަހުގެ 21 ވަނަ ދުވަހު އެވެ. ފަހު މެޗުގައި ލާއޯސްއާ ދެކޮޅަށް ކުޅޭނީ އޭގެ ތިން ދުވަސް ފަހުންނެވެ.

ގައުމީ ފުޓްބޯޅަ ޓީމާ ދެކޮޅަށް ނުކުންނަ ކްލަބް އޭދަފުށި ވަނީ މިދިޔަ ހަފްތާގައި ހިންނަވަރުގައި ނިމުނު  ހިންނަވަރު ފުޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކޮށް ސެމީ ފައިނަލް ފަހު މެޗުން ބަލިވެފައެވެ.

ގައުމީ ޓީމާ ދެކޮޅަށް ކްލަބް އޭދަފުށި ކުޅޭ މެޗަށް ފަހު އެޓީމު އަންނަ މަހު ވާދަކުރާނީ އެފްއޭއެމް ސެންޓްރަލް ޒޯންގެ ދެ ވަނަ ޑިވިޝަނުގަ އެވެ. އެ ޑިވިޝަނުގެ ގްރޫޕް އޭގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top