ރޯދަމަހު ސްކޫލްތައް ބަންދުކުރަނީ

big_iowpwimhFQ7rrCgAgLgPQJrtn.jpg

ދަރިވަރުންގެ ކިޔެވުމުގެ ގަޑިތައް ނުގެއްލޭ ގޮތަށް އިންތިޒާމުތަކެއް ހަމަޖެއްސުމަށްފަހު ކޮންމެ އަހަރަކުވެސް ރަމަޟާން މަހު ސްކޫލުތައް ބަންދުކުރެވޭނެ ގޮތެއް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ “ރައްޔިތުންނާ އެކު” މި ނަމުގައި ކުރިއަށް ގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ، މި އަހަރު އެކަޑެމިކް ކަލެންޑަރުގައި ހަމަޖެއްސުމަށް ކުރިން އޮތީ މި އަހަރުގެ ރަމަޟާން މަހުގެ އެއް ހަފުތާ ފިޔަވައި މުޅި ރަމަޟާން މަސް ބަންދުކުރާ ގޮތަށް ކަމުގައެވެ.

އެހެންނަމަވެސް, ފަހުން އެކި ކަންކަން ހަމަޖެއްސުމަށް ފަހު މުޅި ރަމަޟާން މަސް ބަންދުކުރައްވާ ގޮތަށް ކަންކަން ހަމަޖެއްސެވުމުން ގިނަ ބެލެނިވެރިންގެ ފަރާތުން އެ ކަމަށް އެދެވޭ، ރަނގަޅު ހިޔާލުތަކެއް ލިބިވަޑައިގެންނެވިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، ރަމަޟާން މަސް ބަންދުކުރުމަކީ ގިނަ ބެލެނިވެރިން އެދޭކަމެއް ކަމުގައި އެ މަނިކުފާނަށް ފާހަގަވާތީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް އެކަމަށް މަގުފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރަމަޟާން މަސް ސްކޫލުތައް އެއްކޮށް ބަންދުކުރުމުން ލިބޭ ފައިދާތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން، މިކަމުގެ ސަބަބުން ދަރިވަރުންނާ ބެލެނިވެރިން ވެސް އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރުމަށް މަގުފަހިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް ރައީސް ވިދާޅުވީ، ރަމަޟާން މަހަށްފަހު އީދު ބަންދާ ގުޅިގެން، ސަރުކާރުން އިސްނަގައިގެން، މުސްލިމުން އުފާފާޅުކުރުމަށް މަގުފަހިކުރަން ޖެހޭނެކަން އެ މަނިކުފާނު ޤަބޫލުފުޅުކުރައްވާކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top