ލަންކާގެ އާ އެއާލައިނަކުން ރާއްޖެއަށް ދަތުރު ފަށަނީ

large_163757231412BgaG.jpg

އަލަަށް އޮޕަރޭޓް ކުރާ ފްލައި ލަންކަން --

ސްރީލަންކާގެ އާ އެއާލައިނަކުން އަންނަ ޖަވނަވަރީން ފެށިގެން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި އެވެ.

ފްލައި ލަންކަން ކިޔާ އެއާ މި އެއާލައިނަކީ ބަޖެޓު އެއާލައިނެއްގެ ގޮތުގައި އޮޕަރޭޓް ކުރާނެ އެއާލައިނެކެވެ.

އެ އެއާލައިނުގެ ސީއީއޯ ޑރ. އަރޯޝާ ފާނޭންޑޯއާ ހަވާލާދީ، ލަންކާގެ އޭވިއޭޝަން ހަބަރުތައް ރިޕޯޓު ކުރާ ނޫހެއްގައިވާ ގޮތުން އެ އެއާލައިންގެ ދަތުރުތައް ފަށާއިރު ހަ މަންޒިލަކަށް ދަތުރުތައް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ދަތުރުތައް ބާއްވާ ތަންތަނުގެ ތެރޭގައި، ރާއްޖެއާއި އިންޑިއާ އާއި، އިންޑޮނޭޝިއާގެ އިތުރުން މިޔަންމާއާއި، މެލޭޝިއާ އަދި ދުބާއީ ހިމެނެއެވެ.

މި އެއާލައިންގެ ދަތުރުތައް މައިގަނޑު ގޮތެއްގައި ހާއްސަކޮށްފައި އޮންނާނީ ކާގޯ ދަތުރުތަކަށެވެ. ދަތުރުތައް ފަށާއިރު ފުރަތަަމަ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ 160އާއި 190 މީހުންގެ ޖާގައިގެ ބޮއިން737 މަރުކާގެ މަތިންދާ ބޯޓެކެވެ.

މި އެއާލައިނުން ދަތުރުތައް ފަށައިގަންނަނީ ދެ ފިޔަވައްސަކަށް ބަހައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ޖެނުއަރީގައި ދަތުރުތައް ފަށާއިރު ދެވަނަ ފިޔަވީގެ ދަށުން އިތުރު މަންޒިލްތަކަށް އަންނަ އަހަރުގެ މާރިޗް މަހުގެ ތެރޭގައި ދަތުރުތައް ފަށާނެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top