އަތޮޅުތަކުގައި ކާޑުވިއްކަން އެސްޓީއޯ އިން އެޖެންޓުން ކަނޑައަޅަނީ

big_9zB2mN3iRb5O2Fg8hmdGbOJxv.jpg

އެސްޓީއޯގެ އެމްޑީ ހުސެން އަމްރު

އަންނަ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލެއާއި އެއް އަގެއްގައި އަތޮޅުތެރޭގައި ކާޑުގެ ބާވަތްތައް ވިއްކުމަށް ކޮންމެ ރަށަކަށް އެޖެންޓެއް ކަނޑައަޅަން ނިންމައި އެކަމަށް ކުރިމަތިލާން އެސްޓީއޯއިން އިއުލާންކޮށްފި އެވެ.

އެސްޓީއޯ އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު ވިދާޅުވީ މާލެއާ އެއް އަގުގައި ރަށްރަށުން ކާޑު ގަންނަން ލިބޭނެ ވަކި އުސޫލެއް ކަނޑައަޅައި، ކޮންމެ ރަށެއްގައިވެސް ކާޑުގެ ބާވަތްތައް ވިއްކާނެ އެޖެންޓުން ހޯދަން މާދަމާ އިއުލާން ކުރާނެ ކަމަށެވެ. އަދި ކާޑުގެ ބާވަތްތައް ރަށްރަށުގައި ވިއްކާނީ އެ އޭޖެންޓް މެދުވެރިކޮށްގެން ކަމަށް އަމުރު ވިދާޅުވިއެވެ.

އެގޮތުން، ކާޑުގެ ބާވަތްތައް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކުން މާދަމާއިން ފެށިގެން ކޮންމެ ރަށެއްގައި ހުންނަ އެސްޓީއޯގެ ބޭސްފިހާރައަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާނެ ކަމަށް އަމްރު ވިދާޅުވިއެވެ.

“އިކޮނޮމިކް މިނިސްޓްރީއިން މިދިޔަ އަހަަރު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ތިން ޒޯނަށް ކަނޑައަޅާފައިވާ ހުރި އަގުތަކަށް ކާޑު ގެންގޮސްގެން ވިއްކޭނެ ގޮތެއް ނޯންނަ ކަމަށް.
އެހެންވީމާ އެއްވެސް ރަށެއްގައި ކަނޑައަޅާފައިވާ އަގަކަށް ވިއްކޭނެ އެއްވެސް ގޮތެއް ނޯވޭ. އެހެންކަމުން، އެސްޓީއޯ އިން ގަސްތު ކުރީ ނާލު އަދި ގެންދަންޖެހޭ ހަރަދު އެސްޓިއޯއިން އެ ފަރާތްތަކަށް ދޭން” އަމުރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ކާޑަށް ދައްކަން ޖެހޭ ނާލުގެ އަގު ދައްކަން އެސްޓީއޯއިން ނިންމި ކަމުގައިވިޔަސް އެއަގު ދެއްކުމަށް ދައުލަތުގެ ބަޖެޓުން ވަކިއަދަދެއް ނުނަގާނެ ކަމަށާއި އެއަގު ދައްކާނީ އެސްޓީއޯގެ އާމްދަނީގެ ތެރެއިންކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top