ސްކޫލްތައް ހުޅުވެންވާއިރަށް ޓެކްސްޓް ފޮތްތައް ލިބޭނެ: އެޑިއުކޭޝަން

338911_3_630c101b058f5de8264bc94dd97f5422ba6382f4_large.jpg

ސްކޫލްތަކަށް ފޮތްތައް ބެހުމަށް ތައްޔާރުކޮށްފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ސްކޫލްތަކުގެ ދަރިވަރުން ބޭނުންވާ ފޮތްތައް ހަމައަށް ލިބޭނޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން މިއަދު ބުނީ ، އާ އަހަރުގެ ކިޔެވުން ފެށޭއިރު ޓީޗަރުން ހަމަކުރެވި ދަރިވަރުންނަށް ބޭނުންވާ ފޮތްތަކާއި އެހެނިހެން ވަސީލަތްތައް ވެސް ލިބޭނެ ކަމަށާއި، ހުރިހާ ބިދޭސީ ޓީޗަރުންވެސް ކުރިއަށް އޮތް އޮގަސްޓުމަހު ސްކޫލަށް ނިކުންނާނެ ކަމަށެވެ. އަދި ބައެއް ރަށްރަށުގެ ސްކޫލްތަކަށް ބޭނުންވާ ފޮތްތައް ނުފޮނުވި އެބަހުރި ކަމަށާއި އެ ފޮތްތައް އެ ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ޗާޕް ކުރަނީ ހަމައެކަނި ގްރޭޑް އަށަކުން ފެށިގެން ދަށް ގްރޭޑް ތަކުގެ ފޮތްތަކެވެ. ގްރޭޑް ނުވައަކުން ފެށިގެން ބާރަވަނަ ގްރޭޑާއި ހަމައަށް ބޭނުންވާ ފޮތް ޗާޕް ކުރަނީ އެ ދަރިވަރުންގެ ޖުމްލަ އާބާދީގެ 15 ޕަސަންޓަށް ވާވަރަށެވެ. މަތީ ގްރޭޑް ތަކުގެ ދަރިވަރުންގެ ފޮތްތައް ޑިޖިޓަލްކޮށް ސްމާޓް ޑިވައިސްއެއް މެދުވެރިކޮށް ފޮތްތައް ލިބޭނެ އިންތިޒާމު ވެސް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ހަމަޖައްސާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top