ފިތުނައަކީ އިންސާނާގެ ހިތަށާއި ބޮލަށް ޖެހޭ މުސީބާތެއް : ޚުތުބާ

DSCN1351.jpg

ފިތުނައަކީ އިންސާނާގެ ހިތަށާއި ބޮލަށް ޖެހޭ މުސީބާތެއްކަމަށާ ފިތުނައިގެ ސަބަބުން ކެތްތެރިވާ މީހާވެސް އާވާރާވެ، މަގުއޮޅިދާ ކަމަށާއި، ރުޅިއާއި ޒުވާބުވެސް ގިނަވާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު ކުރި ހުކުރުނަމާދުގެ ޚުތުބާ ބިނާ ކޮށްފައިވަނީ ފިތުނައާއި ފިތުނައިން ރައްކާތެރިވުމުގެ މައްޗަށެވެ.

އެގޮތުން، ފިތުނައިން ސަލާމަތް ވެވޭނީ ޔޯލަ ވާހަކަތަކާ ދުރުހެލިވެގެންކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި އެފަދަ ވާހަކަތައް ނުފެތުރުމަށް މާތްﷲ އަންގަވާފައިވާ ކަމަށާއި އެފަދަ ވާހަކައެއް އިވިއްޖެނަމަ އެވާހަކައެއް ހާކިމާ (ވެރިމީހާ)އާ ހަމައަށް ގެންގޮސް، އެކަމުގައި ހާކިމާގެ ބަހަށް ތަބާވާންޖެހޭ ކަމަށް ހުތުބާގައި ބުނެއެވެ.

ފިތުނައިން ސަލާމަތް ވެވޭނެ އެހެން ގޮތެއް ކަމަށް ޚުތުބާގައި ބުނެފައިވަނީ އިލްމާއި ހޭލުންތެރިކަމެވެ. އެގޮތުން ވިސްނައި ފިކުރުކޮށް، ރަނގަޅު ގޮތް ދެނެގަނެ އެ ގޮތަކަށް ތަބާވާންޖެހެއެވެ. ގައުމެއްގައި އިލްމާއި ހުނަރު ފެތުރިއްޖެ ނަމަ އެގައުމެއް ތަރައްގީވެ، ކުރިއަރައި ދާނެ ކަމަށާއި، އެ ގައުމެއްގެ ފަރުދުންނަށް ރައްކާތެރިކަމާއި އަމާންކަން ލިބޭނެކަމަށް ހުތުބާގައި ބުނެއެވެ.

އަދި އެންމެ ވަރުގަދަ ފިތުނައަކީ ދީނީ ފިތުނަ ކަމަށާއި، އެ ފިތުނައަކީ މީހަކާ އޭނާގެ ވެރިރަސްކަލާނގެއާ ދެމެދުގައި އޮންނަ ގުޅުން އިމްތިހާނު ކުރުމަށް ކުރިމަތިކުރައްވާ ފިތުނައެއް ކަމަށްވެސް ހުތުބާގައި ބުނެއެވެ.

“މި އިމްތިހާނުން ފޭލްވާ މީހުން މަގުގެއްލި، ފުރެދުމުގެ ތެރެއަށް ވެއްޓިގެންދޭ. މިިހެންވެ، ފިތުނައަކާ ނުލާ، ފުރެދުމަކާ ނުލައި ﷲގެ ހަޟްރަތަށް ގެންގޮސްދެއްވުމަށް އެދި ކީރިތި ރަސޫލާ ދުއާ ކުރެއްވި،” ޚިތުބާގައި ބުނެފައިވެއެވެ.

ފިތުނައަކީ ގައުމެއްގެ އެންމެން އޮޔާގެންދާ ބޮޑު ކާރިސާއެއް ކަމަށް ސިފަ ކުރަމުން، ހުތުބާގައި ބުނަނީ މުސީބާތްތަކުން ސަލާމަތްވެވޭނީ ﷲގެ އަމުރުފުޅުތަކަށް ތަބާވެ، އެންމެން އެކަތިގަނޑަކަށްވެ، އެއްބާރުލައިގެން ކަމަށެވެ. އަދި އިސްލާމް ދީނަށްޓަކައި މަސައްކަތް ކުރުމަށް އަޒުމު ކަނޑައަޅައި، ދުޝްމަނުންނަށް ގައުމުން ޖާގަ ނުދީ، ނޫނެކޭ ބުނެގެން ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top