ކުޑަކުދިންނަށް ދޭ ބޭހަކަށް ސަމާލުވާން އެދިއްޖެ

large_169071219642j824.png

ކުޑަކުދިންނަށް ދޭ ބޭހެއްގައި ނުރައްކާތެރި މާއްދާއެއް ހުރުމުން އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެ އިދާރާ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކުޑަކުދިންނަށް ދޭ ބައެއް ސިރަޕްތަކުގައި، ސިއްހީ ނުރައްކަލަކަށް މަގުފަހިކުރުވަފާނެ މާއްދާއެއް ކަމަށްވާ “ޑައިތުލީން ގްލައިކޯލް އެންޑް އެތުލީން ގްލައިކޯލް” ހިމެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާކަމަށެވެ. އެކަމާ ގުޅިގެން އެ އޮތޯރިޓީން ވެސް މީގެ ކުރިން ހަތަރު އެލާޓެއް ނެރެފައިވާކަން އެމްއެފްޑީއޭ އިން ފާހަގަކޮށްފައި ވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ފޮނުވި އިތުރު އެލާޓެއްގައި، އިންގްލެންޑުގެ ފްރެކެން އިންޓަނޭޝަނަލްގައި އުފައްދައި، ކެމަރޫންގައި ދައުރުވަމުންދާ “ނޭޗަކޯލްޑް” ކިޔާ ކުޑަކުދިންގެ ސިރަޕެއްގައިވެސް މި މާއްދާ ހުރި ކަމަށް ފާހަގަކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މިއީ ރާއްޖެއަށް އިމްޕޯޓު ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓް (އެޕްރޫވްޑް ޑްރަގް ލިސްޓް)ގައި ހިމެނޭ ބޭހެއް ނޫނެވެ. ނަމަވެސް ބޭސް ސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މިބޭސް އިމްޕޯޓު ވުމުގެ ފުރުސަތު އޮތުމުން އެކަމަށް ސަމާލުވުމަށްވެސް އެމްއެފްޑީއޭ އިން އެދިފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top