މަންކީޕޮކްސް އަށް ޝައްކުވާ މީހަކު ރާއްޖެއިން ފެނިއްޖެ!

monkeypox_on_arm_and_hand.jpg

މަންކީޕޮކްސް އަށް ޝައްކުވާ އާލާމާތްތަކެއް ހުރި ބިދޭސީއަކު ރާއްޖެ އިން ފެނިއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ އެ ބަލީގެ އަލާމާތްތަކެއް ހުރެގެން ޝައްކުވާ މީހަކު ހުރުމުން ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުން އަންނަ ކަމަށެވެ. އެކަމަކު މިހާތަނަށް އެ ބަލި ޖެހިފައިވާކަން ޔަގީންވާ މީހަކު ރާއްޖެއިން ފެނިފައިނުވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝައްކުވާ މީހާއަކީ ޔޫރަޕްގެ ގައުމަކުން ރާއްޖެ އެތެރެވި މީހެކެވެ. މިމީހާގެ ގައިން ފޮޅުތަކެއް ފެންނާން ހުރުމުގެ ސަބަބުން އޭނާވަނީ އެންމެ ފުރަތަމަ ޓްރީޓޮޕް ހޮސްޕިޓަލަށް ދައްކާފައެވެ. އަދި އޭނާގެ ގައިން ފެންނާން ހުރި އަލާމަތްތަކުން އެއީ މަންކީޕޮކްސް ކަމަށް ޝައްކު ކުރެވޭތީ އޭނާ މިހާރު އެ ހޮސްޕިޓަލްގެ އެމަޖެންސީގައި އެކެހެރި ކޮށްފައެވެ.

މީގެ ކުރިން ވެސް އެ ބައްޔަށް ޝައްކުވާ އަލާމާތްތަކެއް ފެނިގެން މީހުން ރާއްޖެއިން ޓެސްޓްކުރި އެވެ. އެކަމަކު މިހާތަނަށް އެފަދަ ކޭސްއެއް ރާއްޖެއަކުން ނުފެނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top