ދަރަވަންދޫވެސް މޮނިޓަރިންގ އަށް

DSCN7780.jpg

ބ.ދަރަވަންދޫ --ފޮޓޯ :އީވީ

ދަރަވަންދޫގައި ކަރަންޓީން ކޮށްފައިހުރި ބިދޭސީއަކު ރިލީސް ސާމްޕަލް ލިބުމުގެ ކުރިން ނުކުމެ އުޅެނިކޮށް ޕޮޒިޓިވް ވުމުން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ދަރަވަންދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، އެރަށް މޮނީޓަރިންގެ ހާލަތަށް ލާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިއަދުގެ ވަގުތެއްގައި ރަށުން ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށާނެކަމަށް ސިއްހީ މަރުކަޒުން ބުނެއެވެ.

ދަރަވަންދޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ނެރުނު އިއުލާނެއްގައި ބުނާ ގޮތުން، ޕޮޒިޓިވްވެފައިވާ މީހާ ވަނީ ކޮވިޑްގެ ނަތީޖާ ނުލިބެނީސް ރޭގެ އިޝާނަމާދުގެ ޖަމާއަތަށް އެރަށު ހުކުރު މިސްކިތަށްވެސް ގޮސްފައެވެ.

މީގެ އިތުރުން ކޮވިޑަށް ޕޮޒިޓިވްވިކަން ނޭނގި ހުރެ، ކަރަންޓީނު އުސޫލާ ހިލާފުވެ އެމީހާ ވަނީ ރަށުގެ ތަފާތު ތަންތަނަށް ގޮސް ގިނަ އަދަދެއްގެ ބަޔަކާ ބައްދަލުވެފައި ކަމަށް ދަރަވަންދޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ނެރުނު އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމަުން މިމަހު ހައެއްގެ ފަހުން އެމީހާއާއި ބައްދަލުވި އެންމެން ދަރަވަންދޫ ސިއްހީ މަރުކަޒުގެ ނަންބަރު 6600040 އަށް ގުޅައިގެން މައުލޫމާތު ހިއްސާ ކުރުމަށް ދަރަވަންދޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ނެރުނު އިއުލާނުގައި އެދިފައިވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top