އިންޑިއާކަނޑުގެ އެންމެ ފާހަގަކުރެވޭ 10 ރިސޯޓްގެ ތެރެއިން އެއްވަނަ ރިސޯޓްގެ ގޮތުގައި އަނަންތަރާ ކިހަވައް ރިސޯޓް

Anantara-Kihavah-Villas-slumber-guru.jpg

އިންޑިއާ ކަނޑުގެ އެންމެ ފާހަގަކުރެވޭ 10 ރިސޯޓްގެ ތެރޭގައި ރާއްޖޭގެ 8 ރިސޯޓް ހޮވުނު އިރު އޭގެ ތެރޭގައި އެއްވަނަ ރިސޯޓްގެ ގޮތުގައި ބ. އަތޮޅު ގައި ހިންގަމުން އަންނަ އަނަންތަރާ ކިހަވައް ރިސޯޓް ހިމަނައިފިއެވެ.

އެމެރިކާގެ މަޝްހޫރު މާސް މީޑިއާ އެއްކަމަށްވާ  ކޮންޑޭ ނާސްޓްގެ ލަގްޒަރީ އަދި ލައިފްސްޓައިލް ޓްރެވަލް މަޖައްލާ އިން ހޮވާ އިންޑިއާ ކަނޑުގެ އެންމެ ފާހަގަކޮށްލެވޭ ރިސޯޓްތަކުގެ ލިސްޓު ރާއްޖޭން ޑޮމިނޭޓް ކޮށްފައިވާއިރު އެމަޖައްލާގެ ކިއުންތެރިންގެމެދުގައިނަގާ ވޯޓަކުން ހޮވާ “ކޮންޑޭ ނާސްޓް ޓްރެވަލާސް ރީޑާސް ޗޮއިސް ” ލިސްޓް އާއްމު ކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

މިލިސްޓްގައި ފާހަގަކޮށްފައިވާ 10 ރިސޯޓުން އަނަންތަރާއަށް އެއްވަނަ ލިބިފައިވާ އިރު ދެވަނަ އަށް ހޮވާފައިވަނީ ޝެވަލް ބްލޭން އެވެ. ތިން ވަނަ ލިބިފައި ވަނީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓަށެވެ.

ދެން ލިސްޓުގައި ހިމެނޭ ރާއްޖޭގެ ރިސޯޓްތަކަކީ، ނިޔާމަ ރިސޯޓާއި ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ލަނޑާ ގިރާވަރާއި އަނަންތަރާ ވެލި ރިސޯޓް އެންޑް ސްޕާގެ އިތުރުން ޑަބްލިއު މޯލްޑިވްސް އަދި ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑެވެ.

ރާއްޖޭގެ 8 ރިސޯޓާުގެ އިތުރުން ދެން ހޮވާފައިވަނީ ސީޝެލްގެ ރިސޯޓަކާއި މޮރިޝަސްގެ ރިސޯޓެކެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top