އަލްމަރްހޫމް އަބްދުލް ބާގިރު އަހްމަދުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

10868163_320826528111001_6549278214662550509_n.jpg

މަރްހޫމް އަބްދުލް ބާގިރު އަހްމަދު .މެދުގައި

ސަރުކާރަށާއި ބ. އަތޮޅަށް  38 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ބ.ހިތާދޫ އަލްމަރްހޫމް އަބްދުލްބާގިރު އަހްމަދު ގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ބ. އަތޮޅު ކައުންސިލުގެ ފަރާތުން ހުޅުވައިފިއެވެ. އަތޮޅު ކައުންސިލުން މައުލޫމާތު ދޭގޮތުގައި ދަފްތަރު އާއްމުކޮށް ހުޅުވާލާނީ އަންނަ އާދިއްތަ ދުވަހުއެވެ.

އަލްމަރްހޫމް އަބްދުލް ބާގިރުއަހްމަދު ނިޔާވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެން ބ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މިދިޔަ ބުދަދުވަހުއެވެ.

މަރްހޫމް ބާގިރުވަނީ  ބ.އަތޮޅު ތައުލީމީ މަރުކަޒުގަ އާއި ބ. އަތޮޅު އޮފީހުގައި އިސް މަގާމްތަކެއްގައި ހުންނަވައިގެން 38 އަހަރަށް ވުރެ ގިނަ ދުވަހު ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ބ. އަތޮޅު ރައްޔިތުން ބާގިރު ބަލައިގެންފައިވަނީ ޚިދުމަތްތެރި އަދި ހިކުމަތްތެރިކަމާއެކު ކަންތައްތަކާ ކުރިމަތި ލައްވައިގެން ގިނަ ކަންތައްތަކެއް އަތޮޅަށް ކޮށް ދެއްވާފައިވާ ބޭފުޅެއްގެ ގޮތުގައެވެ.  ބާގިރު ނިޔާވުމާ ގުޅިގެން އަތޮޅު ކައުންސިލުން އާއްމުކޮށްފައިވާ ތައުޒިޔާގެ މެސެޖްގައި ވަނީ އަބްދުލް ބާޤިރު އަހްމަދަކީ މުވައްޒަފުންނާ ގުޅޭ، މުވައްޒަފުންދެކެ ލޯބިފުޅުވާ މަޑުމައިތިރި، އަބަދުވެސް ހިނިތުންވުމާއެކު މުއާމަލާތް ކުރައްވާ ހިތްތިރި ބޭފުޅެކެވެ. އެބޭފުޅާއަކީ ބ. އަތޮޅުއޮފީސް އަދި އަތޮޅު ކައުންސިލު އިދާރާގެ ބިނާ އެވެ. އަދި މިހާތަނަށް އެ އިދާރާގައި އެންމެގިނަ ދުވަސްވަންދެން މަސައްކަތް ކުރެއްވި ބޭފުޅާވެސްމެ އެވެ،

މަރްހޫމް ބާގިރު ސަރުކާރުގެ ވަޒީފާ އަދާކުރައްވަން ފައްޓަވާފައިވަނީ 17 ޖެނުއަރީ1978ގައިވަނަ ބ. އަތޮޅު ތައުލީމީ މަރުކަޒު (އޭރުގެ ބ. ކޮމިއުނިޓީސްކޫލް )ގެ ޓީޗަރެއްގެ މަގާމުންނެވެ. އެއަށްފަހު ސްކޫލްގެ އެސިސްޓެންޓް ހެޑްމާސްޓަރ ކަމާއި އެޑިއުކޭޝަން މިނިސްޓްރީގެ ކޮމިއުނިޓީ ޓީޗަރ އެޑިއުކޭޓަރގެ މަގާމް އަދާކުރެއްވިއެވެ. މިމަގާމުގައި ހުންނަވައި މަރްހޫމް ބާގިރު ތައުލީމީ ދާއިރާ ދޫކޮށްލައްވައި 1985ގައި ބަދަލުވެވަޑައިގަތީ ބ. އަތޮޅު އޮފީހަށެވެ. އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި  އަތޮޅު އޮފީހުގެ ސެކްރެޓަރީކަމާއި ސީނިއަރސެކްރެޓަރީކަމާއި ބ. އަތޮޅު އޮފީހުގެ އަތޮޅުވެރިވެރިޔާގެއެހީތެރިޔާކަމާއި އިސްއެހީތެރިޔާކަމާއި އެސިސްޓެންޓް ޑިރެކްޓަރގެ މަގާމް ހިމެނެއެވެ. 2015 ވަނަ އަހަރު އަމިއްލައަށް  ވަޒީފާއިން ރިޓަޔަރ ވީއިރު ހުންނެވީ ބ.އަތޮޅު ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރގެ މަގާމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top