އަތޮޅުގެ އެއްވެސް ސިއްހީ މަރުކަޒެއްގައި ވިއްސުން މަނާކޮށްފައެއް ނުވާނެ : ޑިރެކްޓަރ

kihaadhoo-hc.jpg

ކިހާދޫ ސިއްހީ މަރުކަޒު - ފޮޓޯ : ކިހާދޫ ލައިވް

 

ބ.އަތޮޅުގެ އެއްވެސް ސިއްހީ މަރުކަޒެއްގައި މާބަނޑުއަންހެނުން ވިއްސުން މަނާ ކޮށްފައި ނުވާނެކަމަށް ބ. އަތޮޅު ހޮސްޕިޓަލްގެ ޑިރެކްޓަރ އަހްމަދު ވަހީދު ވިދާޅުވެއްޖެއެވެ. ވަހީދު މިހެން ވިދާޅުވީ “ހިތާދޫ އޮންލައިން” ކިޔާ އޮންލައިން ނޫހެއްގައި ކިހާދޫ ސިއްހީ މަރުކަޒުގައި ވިއްސުން މަނާ ކޮށްފައިވާކަމަށް ލިޔެފައިވާ ޚަބަރަކަށް ރައްދު ދެއްވަމުންނެވެ.

އެޚަބަރު ދޮގުކުރައްވަމުން ވަހީދު ވިދާޅުވީ އަތޮޅުގެ ހުރިހާ ސިއްހީ މަރުކަޒެއް ގައިވެސް  މާބަނޑުމީހުން ވިއްސާ ކޮޓަރިއެއް ހުންނާނެކަމަށާއި އެތަނުގައި މީހުންނާ ވަސީލަތްތައްވެސް ހުންނާނީ ހަމަ ކުރެވިފައި ކަމުގައެވެ. އަދި އެތަނުގައި މީހުން ވިއްސުން އެއްވެސް އިރަކު މަނާ ކޮށްފައި ނުވާނެކަމަށް ވަހީދު ވިދާޅުވިއެވެ.

“އަޅުގަނޑުމެން އެދިފައިއޮންނާނީ މައްސަލައެއް ނޫޅޭކަމުގައި ވަންޏާ އެތަންތަނުން ވިއްސުމަކީ އެންމެ ރަނގަޅުކަމެއް ކަމަށް. އެހެންނަމަވެސް މައިމީހާއާއި ބޭބީގެ މައްސަލައެއްއުޅޭ ކަމަށް ވަންޏާ އެންމެ ރައްކާތެރިގޮތަކީ ދެމައިންގެ ސަލާމަތަށް އަތޮޅު ހޮސްޕިޓަލަށް އައުމަށް.”

ވަހީދު އިތުރަށް ވިދާޅުވީ އަތޮޅު ސިއްހީ މަރުކަޒުތަކުގައި މީހުންނާ ވަަސީލަތްތައް ހަމައަށް ހުންނާނެކަމަށާ  ވަސީލަތްތައް ގާއިމުކުރުމުގައި ވަކި ރަށަކަށް ތަފާތުކޮށް ކަންތައް ކޮށްފައިނުވާނެ ކަމުގައެވެ.

އޭދަފުށީ ވޮއިސް އާ ވާހަކަ ދައްކަވަމުން ވަހީދު ވަނީ ބ. އަތޮޅުގެ ސިއްހީމަރުކަޒު ތަކަށް މިނިސްޓީން ފޮނުވާ ސާމާނުތައް އަތޮޅު ހޮސްޕިޓަލަށް ބޭނުން ކޮށް އެތަނުގައި ހުންނަ ބާ ސާމާނުތައް ރަށްރަށް ފޮނުވާ ކަމަށް ލިޔެފައިވާ ވާހަކަ އަށްވެސް ރައްދު ދެއްވާފައެވެ. “އެއީ ހަގީގަތެއް އޮތް ވާހަކަ އެއް ނޫން.  އަތޮޅު ހޮސްޕިޓަލަކުން އެބާވަތުގެ އެއްވެސް ކަމެއް ނުކުރާނެ. އަޅުގަނޑުމެންގެ ވާޖިބަކީ ތަނަށް ޚިދުމަތް ކުރުމެއް ނޫން. މީހުންނަށް ނުވަތަ ރައްޔިތުންނަށް ޚިދުމަތްކުރުން. ވީއިރު ވަކި ރަށެއް ތަފާތު ކުރުމުގެ ބޭނުމަކީ ކޮބައިތޯ ؟ ވަހީދު ސުވާލު އުފެއްދެވިއެވެ.

ވަހީދުވިދާޅުވީ  ރައްޔިތުންގެ ހިތުގައި ނުބައި ތަސައްވަރެއް އުފެއްދުމުގެ ބޭނުމުގައި ހިތަށް އެރިހާ އެއްޗެއް ލިޔެ ޝާއިއުކުރުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ނޫންކަމަށާއި ނޫސްވެރިކަން ކުރަންވާނީ ވަކިފަރާތަކަށް ބުރަނުވެ ތެދުވެރިކަމާއެކުގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top