ޒޯންފައިނަލް ބުރުގެ މެޗުތައް މި މަހުގެ 29ގައި. އޭދަފުށި ދާންޖެހެނީ ތިމަރަފުށްޓަށް

DSC_1071-1.jpg

މިނިވަން 50 ފުޓްބޯޅަ މުބާރާތުގެ ޒޯން ފައިނަލްބުރުގެ މެޗުތައް މިމަހުގެ 29ގައި ފަށާގޮތަށް އެފްއޭއެމް އިން ނިންވަމަވައިފިއެވެ. މިއަދު އެފްއޭއެމް ގައި ޒޯން ފައިނަލް ބުރުގެ މެޗުތަކުގެ ގުރުއަތުލުމަށް ބޭއްވި ރަސްމިއްޔާތުގައި ނިންމަވާފައިވަނީ ފައިނަލްގައި ވާދަކުރާ 8 ޓީމް ދެ ގްރޫޕަކަށް ބަހާލައިގެން މެޗުތައް ކުޅޭ ގޮތަށެވެ.  އެގޮތުން ގްރޫޕް 1ގައި ހިމެނެނީ ކުޑަހުވަދޫ އާއި  އެންމެފަހުގެ ޗެމްޕިއަން ސ.ފޭދޫގެ އިތުރުން މަހިބަދޫއާއި ދެއްވަދޫއެވެ.

ގްރޫޕް 2ގައި  އޭދަފުށްޓާއެކު ހިމެނެނީ ތިމަރަފުއްޓާއި ލަންދޫއާއި ހަނިމާދޫއެވެ.

މުބާރާތުގައި އޭދަފުށި ކުޅެންޖެހޭ ފުރަތަމަ މެޗުގައި އޮކްޓޯބަރ 29 ވަނަ ދުވަހު ބައްދަލުކުރާނީ ހަނިމާދޫ އާއެވެ. ނޮވެމްބަރ 1 ވަނަ ދުވަހު އޮންނަ ދެވަނަ މެޗުގައި އޭދަފުށްޓާ ދެކޮޅަށް ނުކުންނާނީ ލަންދޫއެވެ. ނޮވެމްބަރ 4ވަނަ ދުވަހު ގްރޫޕްގެ ފަހު މެޗުގައި އޭދަފުށި ނުކުންނާނީ ތިމަރަފުއްޓާ ދެކޮޅަށެވެ.

މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މާލޭގައެވެ. މިގޮތަށް ހަމަޖެއްސެވީ މުބާރާތުގެ ފޯރި ގަދަކުރުމުގެ ގޮތުންކަމަށާއި، މިފަހަރުގެ ޗެމްޕިއަން ޓީމަށްވެސް އަންނަ އަހަރުގެ ޤައުމީ މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ލިބޭނެ ކަމުގައި އެފްއޭއެމުން ބުނެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top